ށ. ފޯކައިދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ފޯކައިދޫ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ.
އެރަށުން މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އެޗްޕީއޭގެ ހޯމް ކަރަންޓީނު އުސޫލުގެ ދަށުން ކަރަންޓީނު 14 ދުވަސް ހަމަ ކުރުމަށްފަހު ނެގި ރިލީޒް ސާމްޕަލްއިން ކަމަށް ވެސް ފޯކައިދޫ ކައުންސިލުން ބުންޏެވެ.
އަދި އެކަމާއިގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
ފޯކައިދޫ ހޯމްކަރަންޓީނުގައި ހުރިމީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އިއްޔެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން ވަނީ ޖުމްލަ 12،608 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން އެޗްޕީއޭއިން ހާމަ ކުރެއްވި މަޢުލޫމާތަށް ބަލާއިރު މާލެ ފިޔަވައި، އަތޮޅުތަކުން 12 ރަށަކާއި، 31 ރިސޯޓެއްގައި ކޯވިޑް އެކްޓިވް ކޭސްތައް މިވަގުތު އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!