ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުތަކުގައާއި، އަދި ކުދި ކުދި ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ އެމްޑީޕީގެ ވަޢުދެއްކަމަށާއި، އެ ވަޢުދު ނުފުއްދުމަށް ދައްކާ ހުއްޖަތް ގަބޫލު ނުކުރަށްވާނެ ކަމަށް މާފަންނު މެެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޮންޑެ މިހެން ވިދާޅުވީ ''ހުޅުމާލެ ދެވަނަ ފޭހުގައި ގޯތި ދޭނެ ބިމެއް ނެތް'' މި ސުރުޚީ ދަށުން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިއްސާ ކުރަށްވާ ކުރަށްވާފައިވާ ޓުވީޓެއްގަ އެވެ.

Ad
rt

ބޮންޑެ ހިއްސާ ކުރެއްވި އެ ޚަބަރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއި ހަވާލާދީ ބުނެފައި ވަނީ ''ހުޅުމާލެ ދެވަނަ ފިޔަވަހި އަދި ހުސްކޮށް އޮތަސް ހަގީގަތުގައި އެތަނުގައި ބިމެއް ނެތް ކަމަށެވެ.''. އަދި ''އޭނާ އެގޮތަށް ޖަވާބު ދެއްވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެއްވެސް ކަމެއް އަދި ނުކޮށް ހުސް ބޮޑު ބިމެއް އޮއްވާ ގުޅިފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދެނީ ކީއްވެގެންތޯ ކުރި ސުވާލަށެވެ.'' އެ ޚަބަރުގައި ބުނެފައި ވެއެވެ.

އެ ޚަބަރު ހިއްސާކުރަށްވައި ކުރެއްވި ޓްވީޓްގައި ބޮންޑޭ ވިދާޅުވީ ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮގައާއި ކުދި ކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިހްތިޔާރު ކުރާ އެ ހެންތަނަކުން ގޯޗެއް ފޯރުކޮށްދިނުމަކީ އެމްޑީޕީ ޖަޒީރާއްޖެ މެނިފެސްޓޯ ގައި ހިމެނޭ ވައުދެއް ކަމަށެވެ. އަދި ވައުދު ނުފުއްދުމަށް ދައްކާ ހުއްޖަތެއް ގަބޫލެއް ނުކުރަށްވާނެ ކަމަށް ބޮންޑޭ ވިދާޅުވެފައިވެއެވެ.

''ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮގައާއި ކުދި ކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިހްތިޔާރު ކުރާ އެ ހެންތަނަކުން ގޯޗެއް ފޯރުކޮށްދިނުމަކީ އެމްޑީޕީ ޖަޒީރާއްޖެ މެނިފެސްޓޯ ގައި ހިމެނޭ ވައުދެކެވެ! ވައުދު ނުފުއްދުމަށް ދައްކާ ހުއްޖަތެއް ގަބޫލެއް ނުކުރާނަމެވެ.''

=މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)=

ބޮންޑޭ މިހެން ވިދާޅުވެފައިވާއިރު، ބޮންޑޭގެ އެ ޓުވީޓާއި ގުޅިގެން ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ ވެސް ވަނީ ޓުވީޓެއް ކުރަށްވައި، ޚިޔާލު ފާޅު ކުރަށްވާފައެވެ.

މިގޮތުން މުސްތަފާ ވިދާޅުވީ، ‏ރައީސް ނަސީދު ގެ ބާރު ހިނގާ ވެރިކަމެއްނަމަ ޖަޒީރާ މެނިފެސްޓޯ ގެ ވައުދުތައް ވެށިފަހިމާލޭ ގެ ގޯތީގެ ވައުދު މިހާރު ފުއްދެވީސް ކަން ކަށަވަރު ކަމަށެވެ.

މެންބަރު ބޮންޑޭ ފާހަގަކުރެވެނީ ވަރަށް ސީދަލަށް ވާހަކަފުޅުދައްކަވާ، އަދި ކެރިގެން ވަކާލާތު ކުރަށްވަމުން ގެންދަވާ މެންބަރެއްގެ ގޮތުގައެވެ.