އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލަށް ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ދަތުރުކޮށްފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު (ދަގަނޑޭ) މިފަހަރުވެރި ކާމިޔާބު ހޯދީ، އޭއެފްސީއިން ކުރިއަށް ގެންދާ ބްރެކެޓް ޗެލެންޖްގެ ކުއާޓަރ ފައިނަލުގައި ވިއެޓްނާމްގް އެންގުޔެން ވެން ކުއެޓްއާ ވާދަކޮށް ހަނި ތަފާތަކުން ކުރި ހޯދައިގެންނެވެ.

Ad
rt

އެކަމަށް ކުރިއަށް ދިޔަ ޕޯލްގައި ދަގަނޑޭ އަށް 51.45 އިންސައްތަ ލިބުނުއިރު ވިއެޓްނާގް ކުޅުންތެރިޔާއަށް ލިބުނީ 48.55 އިންސައްތަ އެވެ. ދަގަނޑޭ އަށް ވޯޓު ދިނުމުގައި ދިވެހިންގެ ފަރާތުން ފެނިގެން ދިޔައީ ދަގަނޑޭއަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯތްބެވެ.

ޕޯލް ކާމިޔާބުކޮށް، ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލަށް ދަތުރުކުރެވުމުން ދަގަނޑޭ ބުނީ މި ޕޯލް ކާމިޔާބު ކުރުމަށް ސަޕޯޓަރުންނާއި، ދިވެހި އެންމެހާ ރައްޔިތުން ދެއްވި ވޯޓާއި، ވޯޓު ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށެވެ. ''

‏އަދި، މިފަދަ ދެވަނައެއް ނުވާ ސަޕޯޓަރުން އަޅުގަނޑާ އެކު ތިބުމަކީ އަޅުގަނޑު ނުހަނު އުފާ ކުރާކަމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ''

ދަގަނޑޭ ބުނެފައި ވެއެވެ.

ސެމީގައި ދަގަނޑޭ ވާދަކުރަން ޖެހޭނީ ވިއެޓްނާމްގެ ހެނޯއީ އެފްސީގެ އެންގުޔެން ކުއާކް ހާއީއާ އެވެ. 80 އިންސައްތަ ވޯޓު ހޯދައި ވިއެޓްނާމްގެ މި ކުޅުންތެރިޔާ ސެމީގެ ޖާގައެއް ހޯދީ އިންޑިއާގެ އީސްޓް ބެންގާލްގެ މެހްތަބު ހުސައިންއާ ވާދަކޮށެވެ.

ބްރެކެޓް ޗެލެންޖްއަކީ އޭއެފްސީ މުބާރާތްތަކުގައި ޖަހާފައިވާ ރީތި ގޯލުތަކުގެ މެދުގައި ކުޅެވޭ މުބާރާތެވެ. އަދި އެންމެ ރީތި ގޯލު ހޮވުމަށް އޭއެފްސީއިން އެކުލަވާލި އެންމެ ރީތި ގޯލު ޖަހާފައިވާ މީހުންގެ މެދުގައި ލެވޭ އޮންލައިން ވޯޓު ސިސްޓަމަކުން ހޮވާ ގޯލެކެވެ.

އަޝްފާޤުގެ ގޯލަކީ އޭނާ ނިއު ރޭޑިއެންޓްއަށް 2013 ވަނަ އަހަރު ޖަހާދީފައިވާ މޮޅު ގޯލެކެވެ.

އަޝްފާޤު މީގެ ކުރިން 2 ރައުންޑުން މޮޅުވެފައިވަނީ ކުވައިތު އެފްސީގެ ރޮޖާރީނިއޯ އަދި އަބަހާނީގެ ސޮހޭލް އާއި ވާދަކޮށް މޮޅުވެގެންނެވެ.