ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ފާރާތުން ށ.ފުނަދޫ ސްކޫލު ލައިބްރަރީ ތަރައްޤީ ކުރުމަށް ދީލަތި އެހީތެރިކަމެއް ދީފިއެވެ.
މިއަދު އެ ސްކޫލުގެ ލައިބްރަރީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ފުނަދޫ ސްކޫލަށް މި އެހީތެރިކަން ހަވާލުކޮށްދީފައިވަނީ، އެ ރަށުގެ ބީއެމްއެލް ބްރާންޗްގެ ޓީމުންނެވެ.
އަދި މި އެހީތެރިކަމާއި އެކު، ބީއެމްއެލްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ފުނަދޫ ސްކޫލުގެ ލައިބްރަރީއަށް އިތުރު ތަރައްޤީއެއްލިބި މީގެ ސަބަބުން އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ރަނގަޅު މާހައުލެއް ޤާއިމުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން، އެ ސްކޫލުގެ ދަރިވަރުންނަށް އިތުރު ކަންކަން ކުރުމަށް މަގު ފަހި ވެގެންދާނޭ ކަމަށްވެސް އުންމީދު ކުރާކަމަށް ވަނީ ބުނެފައެވެ.
ބީއެމްއެލްއިން ވެދެއްވި މި އެހީތެރިކަމަށް ފުނަދޫ ސްކޫލުން ވަނީ ޝުކުރުއަދާކޮށްފައެވެ. އަދި މިފަދަ އެހީއެއް ބީއެމްއެލްގެ ފަރާތުން އެ ސްކޫލަށް ވެދެއްވީތީ ވަރަށް ބޮޑަށް އުފާވާ ކަމަށްވެސް ވަނީ ބުނެފައެވެ.
Thankyou BML for your kind donation to our library. It is very much appreciated. @MoEdumv @aisthly @bankofmaldives @SirajMo90718167 pic.twitter.com/l2kQQzIb6A
— Funadhoo School (@eduGS_59) October 28, 2020
ބީއެމްއެލްއިން އަންނަނީ މާލޭގެ އިތުރުން ރާއްޖެތެރޭގެ ގިނަ އަތޮޅުތަކުގެ ރަށްތަކުގައި ބޭނުންޖެހިފައިވާ ގިނަ މުއައްސަސާތަކަށް މިފަދަ އެހީތެރިކަމުގެ އަތް ފޯރުކޮށްދެމުންނެވެ. މި ގޮތުން ފާހަގަ ކޮށްލެވޭ އެއް އެހީތެރިކަމަކީ ބީއެމްއެލްގެ ފަރާތުން ކުރިއަށް ގެންދާ "ކޮމިޔުނިޓީ ފަންޑް" އެވެ. މި ފަންޑްގެ ދަށުން، ޕްރޮޕޯސަލް ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭއިރު، އެންމެ ރަނގަޅު ޕްރޮޕޯސަލްއަކަށް ބީއެމްއެލްއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!