ށ. ފީވަކު ޕޮލިސް ސްޓޭޝަނުން، ފީވަކު ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޮކްޓޫބަރު 22 ވަނަ ދުވަހު، އެރަށުގެ ވިޔަފާރި ތަކަަށް ޒިޔާރަތްކޮށް، ފީވަކު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވިޔަފާރަވެރިން ސަމާލުކަން ދޭންވީ ކަންކަން ކިޔައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Ad
rt

ފުލުހުން ބުނީ މީގެއިތުރުން ފިހާރަތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީ ހޭލުންތެރިކުރުވާފައިވާނެ ކަމަށެވެ.

އެގޮތުން ބިދޭސީންނަށް ލޭންދޭނަށް ދޫކުރާތަކެއްޗަށް ބައެއް ފަހަރު އެމީހުން ފުރައިގެން ދާއިރު ވެސް ފައިސާ ނުދައްކާ ފުރައިގެން ދިއުން ފަދަ ކަންކަން ފާހަގަކުރެވިފައިވާތީ ބިދޭސީންނަށް ތަކެތި ދޫކުރާނަމަ ވަކި އަދަދަކަށްވުރެ އިތުރަށް ދޫނުކުރުމަށާއި މަކަރާއި ހީލަތުން ރީލޯޑް އަދި ރާސްޓަސް ހޯދާ މައްސަލަތައް ފާހަގަކުރެވިފައިވާތީ އެފަދަ ކަންކަމަށް އިތުރަށް ސަމާލުވުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފިރާތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޕޮލިސް ސްޓޭޝަން މެދުވެރިކޮށް އާންމު ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަށްވަމުންނެވެ.