ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލަތަކެއް ފެންމަތި ވުމާއި މައްސޫލިއްޔަތުން އެކަހެރި ކުރައްވާފައި ހުރި ހެލްތު މިނިސްޓްރު ޢަބްދުﷲ އަމީންގެ އިތުބާރު އޮތްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފިއެވެ.
މިގޮތަށް ނިންމީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ ތަޢީދާއެކުއެވެ. މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 27 މެންބަރުންނެވެ.
މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ ޚިޔާލު ހުރިގޮތް ބެލުމަށް ނެގި ވޯޓުގައި ވަނީ އަމީނަށް ތާޢީދުއޮތްކަމަށް ފާސްވެފައެވެ.
އަމީނަށް ތުހުމަތު ކުރެވެނީ، ކޮވިޑް-19އާ ގުޅިގެން ގިނަ އަދަދެއްގެ ވެންޓިލޭޓަރު ގަތުމުގެ ތެރޭ ނާޖާއިޒު ކަންތައްތަކާއި ހީލަތް ހަދާފައިވާ ކަމުގެ ތުހުމަތެވެ.
އާންމު އުސޫލާއި ޚިލާފަށް ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.
ވެންޓިލޭޓަރު ހޯދުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނާއެކު ޖުމުލަ 11 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރަން އޭސީސީއިން ނިންމުމުން، އެ ކޮމިޝަންގެ އިތުބާރު ގެއްލި، އޭސީސީގެ މެންބަރުން ވަކި ކުރަން ހުށަހަޅުއްވާނެކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ ބުނެފައެވެ.
ދައުވާ ނުކުރަން ނިންމި ނިންމުން ސާފުކޮށް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރުތައް ގަންނަން ހަވާލު ކުރުމުގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ގަބޫލުކުރެވުނަސް، މިނިސްޓަރު އަމީންގެ އިތުރުން އެކަމުގައި ދައުވާކުރަން އޭސީސީން ފޮނުވި ބޭފުޅުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅަން ދަތި ކަމަށެވެ.
އަދި ދައުވާ ނުކުރަން ނިންމީ، އެކަމުގައި އޭސީސީން ފޮނުވާފައިވާ ރިޕޯޓާއި ލިޔެކިއުންތަކުގެ އަލީގައި، އެ ދައުވާތައް ކޯޓުގައި ސާބިތުކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާތީކަމަށްވެސް ޝަމީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!