އައްޑޫ ސިޓީގައި 2 ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއާއި ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ބުނެފިއެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ.

Ad
rt

އައްޑޫ ސިޓީގައި ހިނގި މި މާރާމާރީގައި ޒަޚަމްވި މީހާއަށް ވަނީ ސީރިޔަސް އަނިޔާތަކެއް ވެފައެވެ. މީސްމީޑިޔާގައި މި މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތައް ދައުރުވަމުންދާ އިރު، މި ފޮޓޯތަކުން ފެންނަ ގޮތުގައި މި މީހާ ވަނީ "ކޮށާލާފަ"އެވެ. އޭނާ ގެ ހަށިގަނޑުގެ އެކި ތަންތަނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާ އިރު، އޭނާ އަށް ހަމަލާ ދީފައިވާ ކަމަށް ބެލެވެނީ ކަތިވަޅިއެއް ކަހަލަ ތޫނު އެއްޗަކުންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި، އޭނާގެ އަތް ތިލައިން ބައެއް ބުރިކޮށްލާފައިވާ އިރު، ބުރަކަށިން5 ތަނަކަށް ވަނީ ފުން ޒަޚަމްތަކެއް ލިބިފައެވެ.

މި މާރާމާރީއާއި ގުޅިގެން އޭގެ އަނެއް ދުވަހު ފުލުހުން ހާމަ ކުރި މަޢުލޫމަތުތަކުން ހާމަވާ ގޮތުގައި، މި މީހާ އަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، މިއީ އައްޑޫ ސިޓީގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަމެވެ.