މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ.

މިފްކޯއިން މިއަދު ބުނީ، މިއަދުން ފެށިގެން މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން މަސް ދޯނި ފަހަރަށް 7 ރުފިޔާ 33 ލާރިއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 6.89 ލާރިއަށެވެ. މިއީ 44 ލާރީގެ ހެޔޮ ވުމެކެވެ.

އޭގެ އިތުރުން ޑިއުޓީ މައާފުކޮށްފައިވާ، ޑީސަލް މަސްވެރިކަންކުރާ މަސް ދޯނިފަހަރަށް ވިއްކުމަށް ޓަކައި ފަށާފައިވާ "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން ލިޓަރަކުން 0.22 ލާރި އިތުރަށް ހެޔޮވާނެ ކަމަށް މިފްކޯ އިން ބުނެ އެވެ. އެހެންކަމުން އެ ދޯނި ފަހަރަށް ޑީސަލް ލީޓަރެއް ހަ ރުފިޔާ 67 ލާރިއަށް ލިބޭނެ އެވެ.

ޑިއުޓީ މައާފުކޮށްފައިވާ، ޑީސަލް މަސްވެރިކަންކުރާ މަސް ދޯނިފަހަރަށް ވިއްކުމަށް ފަށާފައިވާ "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އުޅަނދުތަކަށެވެ.