ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިން އާ ދެމެދު ކާގޯ ދަތުރުތައް މިމަހުގެ ފަހުކޮޅު ފަށަން ތައްޔާރުވަމުން އަންނައިރު ކާގޯ ފެރީގެ ހިދުމަތާއި ގުޅޭގޮތުން މައުލޫމާތު ބައްދަލުވުމެއް ބޭއްވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ނިންމައިފިއެވެ.
ބިޒަނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފައިވަނީ މި ބައްދަލުވުމުގައި އިންޑިއާ ހައި ކޮމިޝަނާއި، ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގެ ފަރާތުން ބައިވެރިވާނެކަމަށެވެ. މި ބައްދަލުވުން އިންތިޒާމް ކުރަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި އިންޑިއާގެ ޝިޕިން ކޯޕަރޭޝަން ގުޅިގެންނެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަދުވަހު 14:00 އިން 15:00 އަށެވެ.
ވެބިނަރ އެއްގޮތަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މި ބައްދަލުވުމުގައި ރާއްޖޭއިން މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކާއި ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބައިވެރިވުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވަނީ މިހާރު ހުޅުވާލާފައެވެ. އެގޮތުން ރެޖިސްޓަރ ވުމަށް ހުޅުވާލާފައިވަނީ އޮންލައިން ކޮންނެވެ.
ރާއްޖެއާ އިންޑިއާ އާ ދެމެދު ފެރީގެ ހިދުމަތް ބާއްވަން ނިންމާފައިވަނީ މާލެ އަދި ކުޅުދުއްފުއްޓާއި އިންޑިއާއިން ކޮޗިން އަދި ޓިޓުކޮރިން ބަނދަރާ ދެމެދުއެވެ.
Information series for importers and exporters on Tuticorin-Cochin-Kulhudhuffushi-Male' Cargo Ferry
Date: 17th September 2020, Thursday.
Time: 14:00 to 15:00 hours.
Registration link http://bit.ly/f3rrymvinPosted by Business Center Corporation on Wednesday, September 16, 2020
ދެގައުމުގެ މެދުގައި މިފަދަ ކާގޯ ފެރީގެ ހިދުމަތެއް ފެށުމަށް ސޮއިކޮށްފައިވަނީ މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. މި ފެރީގެ ދަށުން ފުރަތަމަ ބޯޓު މި މަހުގެ 21 ވަނަ ދުވަހު ޓީޓުކޮރިންއިން ރާއްޖެއަށް ނައްޓާލާނެއެވެ. މި ބޯޓު އޮޕަރޭޓް ކުރަނީ ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާއިންނެވެ. މި ބޯޓުން 20 ފޫޓުގެ 380 ކޮންޓައިނަރު އަދި 3000 މެޓްރިކް ޓަންގެ ބަލްކް ކާގޯ އުފުލާނެއެވެ.
ކުޅުދުއްފުއްޓައި މާލެ އަދި ކޮޗިން އާއި ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި އެކަމުގެ ރަސްމީ ވާހަކަތައް ދެކެވުނީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.
ކާގޯ ފެރީގެ ހިދުމަތާ އެކު، ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލްކަމަށްވުމާ އެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ދަތުރުތަކެއް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!