ރައްޔިތުންގެ މަޖިލީހުގެ ހއ އަތޮޅުގެ 5 މެމްބަރުން ސިލްސިލާކޮށް ކުރިއަށް ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އޮނަރަބަލް މުޙައްމަދު އަސްލަމް އާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުމާއި ގުލޭގޮތުން ހޯރަފުށި ދާއިރާގެ މެންބަރ އަޙްމަދު ސަލީމް ވިދާޅުވީ މިބައްދަލުވުމުގައި ތުރާކުނު ބިން ބޮޑުކުރުމާއި އުލިގަމު ބަނދަރު އަދި ހޯރަފުށީ މަގުތަކުގެ މަސައްކަތް އަވަސްކޮށްދިނުމަށް ދެންނެވުނުކަމަށެވެ.

Ad
rt

ދިއްދޫ ދާއިރާގެ މެންބަރ އަބްދުﷲ ވަހީދުގެ ފޭސްބުކްގައި މިބައްދަލުވުމުގެ މަޢުލޫމާތު ހިއްސާކުރަމުން ވިދާޅުވެފައިވަނީ މި ބައްދަލުވުމުގައި ހުށަހެޅި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދިއްދޫ ބަނދަރު ބޮޑުކުރުމާއި، ބިން ހިއްކުމާއި، ގިރާ ސަރަހައްދަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ އިތުރުން 2017 ގައި ދޫކުރި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 28 ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ނުލިބޭ މައްސަލައަށް ހައްލެއް ހޯދައިދިނުން ހިމެނޭކަމަށެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީއާ ވަގުތީ ގޮތުން ޙަވާލުވެވަޑައިގެން ހުންނެވި ވަޒީރަށްވާތީ، ދިއްދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ޢިމާރާތްކުރުމާއި، ހއ އަތޮޅު ހޮސްޕިޓަލްގެ އެކްސް-ރޭ މެޝިން ހަލާކުވެފައިވާތީ އެކަން ޙައްލުކުރުމާއި އެތެރެހަށީގެ ޑޮކްޓަރުގެ ޚިދުމަތް ހުއްޓިފައިވާތީ އެކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށާއި، ސްކޭން ޑޮކްޓަރުގެ ޚިދުމަތް ފެށުން އަވަސްކުރުމާއި، ކޮވިޑް ޓެސްޓްކުރެވޭނެ އިންތިޒާމް އެ ހޮސްޕިޓަލްގައި ހަމަޖެއްސުމަށްޓަކައި ޕީސީއާރު މެޝިނެއް ވަރަށް މުހިންމު ކަމުގައި ދެންނެވީމެވެ.

ދިއްދޫ ދާއިރާގެ މެންބަރ އަބްދުﷲ ވަހީދު ވިދާޅުވެފައިވެ އެވެ.

މި ކަންކަމަށް އެދެވޭ އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިކަމަށާއި އެކަމަަށްޓަކައި އަދި މި ބައްދަލުވުމުގެ ފުރުޞަތު ދެއްވީތީ މިނިސްޓަރަށް ނުހަނު ޝުކުރު އަރިސްކުރާކަމަށް ވަހީދު ވިދާޅުވެފައި ވެއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު ބޭއްވުނު ބައްދަލުވުމުގައި ހއ އަތޮޅާއި، އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ތަރައްޤީގެ މަޝްރޫތަކާގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށާއި މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރުތެރޭގައި ހަވާލުކުރެވޭނެކަމަށެވެ.

ބާރަށު ދާއިރާގެ ހުރިހާ ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓަރާއި އެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު

ބާރަށު ދާއިރާގެ މެންބަރ އަޙަމްދު އަބްދުﷲ ވިދާޅުވެފައިވެ އެވެ.