ދުވާލަކަށް 55 ޕައުންޑުގެ ވައުޗަރެއް ގަނެގެން ޔޫކްރެއިންގެ ޖަލުގެ ގޮޅި، ލަގްޒަރީ ގޮޅިއަކަށް ބަދަލުކޮށްލުމުގެ ޚިދުމަތް ފަށައިފިއެވެ.

މިގޮތަށް އަޕްގްރޭޑް ކުރެވޭ ލަގްޒަރީ ގޮޅިތަކުގައި އެއަރކޮންޑިޝަން އަދި މައިކްރޯވޭވްގެ ޚިދުމަތުގެ އިތުރުން ކެއުމުގެ ފެންވަރު ވެސް ރަނގަޅު ވާނެކަމަށް އެގައުމުގެ ޖަސްޓިސް މިނިސްޓަރ ޑެނީސް މަލިއުސްކާ ވަނީ ހާމަކޮށްފައެވެ.

Ad
rt

މިވައުޗަރ ގައި ކޮންމެހެން ހައްޔަރުގައި ހުންނަމީހާގެ ނަން އޮންނަން ނުޖެހޭ އިރު، މިވައުޗަރ ޖަސްޓިސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ޑެނީސްވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ ވައުޗަރެއް ވެސް 6 މަސްދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅު ވެފައެވެ.

ޔޫކްރެއިންގެ އަޕްގްރޭޑް ކޮށް ލެވޭ، ޖަލު ގޮޅި

މިދިޔަ ހަފްތާގައި ވައުޗަރ ސޭލް އެޅުވުމާއި އެކު ގަޑިއިރެއްހާ އިރު ތެރޭގައި 4 ވައުޗަރ ވިކުނު ކަމަށާއި، ވައުޗަރގެ އިތުރުން ޑިޓެންޝަނުގައި ރެޔެއް ހޭދަކޮށްލަން ބޭނުންވާ މީހުންނަށް ހާއްސަ ގިފްޓް ސެޓްފިކެޓެއް ވެސް ތައްޔާރު ކުރާނެކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅު ވެފައެވެ.

މި ސެޓްފިކެޓް ވިއްކަން ފަށާނީ ގެސްޓުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށް ވެސް ޔޫކްރެއިން ޖަސްޓިސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.