ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުންދާ ބައެއް ޚިދުމަތް ތަކަށް މިރޭ ބުރޫ އަރާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
މި ގޮތުން މިރޭ 1:30 އިން ފަތިހު 4:00 އަށް އެ ބޭންކުން ދޭ ވަރަށް މުހިންމު ޚިދުމަތް ތަކަކަށް ބުރޫ އަރާ ފާނެ ކަމަށް އެ ބޭނުންކުން ވަނީ ބުނެފައެވެ.
އެ ޚިދުމަތްތަކުގެ ތެރޭގައި އިންޓަރނެޓް ބޭންކިންގ ގެ ޚިދުމަތާއި، އޭޓީއެމް ތަކުގެ ޚިދުމަތާއި، ޕީއޯއެސް މެޝިންތަކުގެ ޚިދުމަތް ހިމެނެއެވެ.
މީގެ އިތުރުން އެ ބޭންކުގެ ޕޭމަންޓް ގޭޓުވޭގެ ޚިދުމަތަށާއި އަދި ޔޫއެސް ޑޮލަރު ޕޯޓަލް ޚިދުމަތަށް ބުރޫ އެރުން އެކަށީގެން ވާކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
Customers may face interruptions to Internet Banking, ATMs, POS Machines, Payment Gateway and USD portal between 1:30 am - 4 am tonight due to a planned maintenance. The timing has been selected to cause minimum disruption and we apologise for any inconvenience caused.
— Bank of Maldives (@bankofmaldives) July 27, 2020
މި ޚިދުމަތްތައް މެދު ކެނޑުމުން ދިމާވެދާނެ ދަތިތަކަށްޓަކައި ކަސްޓަމަރުން ކިބައިން މަޢާފަށް އެދޭ ކަމަށް އެބޭންކުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!