ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
ނޫސްތަކަށް މަޢުލޫމާތުދެމުން އެމްއެންޑީއެފްއިން ބުނެފައިވަނީ ހުޅުމާލެއާއި ޕެރަޑައިޒް އައިލެންޓް ރިސޯޓާއި ދޭތެރޭ ކަނޑުއޮޅިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ދޯނި އޮޔާދަނީ ބޮޑުކަޅިން ނުކުމެގެން ބޭރަށް އިރުމައްޗަށްވާގޮތަށެވެ. މި ދޯނީގެ ގެގަނޑުން ބައެއް ފެންމަތިން ފެންނަން ހުރިއިރު، މި ދޯންޏަކީ 60 ފޫޓްގެ ދޯންޏެކެވެ. އެހެންކަމުން މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ.
އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މި ސަރަޙައްދުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
މި ދޯނި އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު މެންދުރު 12:17 ހާއިރުކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!