ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 5 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިރޭގެ 8:30 އާ ހަމަށް އަލަށް ޕޮޒިޓިވްވި 5 މީހުން ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 4 މީހުންނާއި، ލަންކާ މީހެއް ކަމަށެވެ.
މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1083 އަށް އިތުރު ވެފައެވެ.
ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 58 މީހަކު ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެއްސަކާއި ބިދޭސީއެކެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު އިތުރުވަމުން އަންނައިރު ކުރިއަށް މި ފެށުނު ހަފްތާއިން ފެށިގެން ދެ ހަފުތާގެ މުއްދަތުގެ ތެރޭގައި ބޮޑަށް މި ބަލި ފެތުރޭނެ ނުވަތަ ޕީކަށް ދާނެ ދެ ހަފްތާކަމަށް ކަމާގުޅުންހުރި ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!