އުލިގަމު ދާއިރާ ތަމްސީލް ކުރަށްވާ ރައްޔިތުންގެ މަޖިލިސްގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހއ. ހޯރަފުށީ ރައްޔިތުންގެ ފަރާތުން ހއ. އުލިގަމު ރަށްޔިތުންނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިއެވެ.
ހޯރަފުށީ ކައުންސިލް ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށި ގެ ރަށްޔިތުންގެ ނަމުގައި ހއ. އުލިގަމް ގެ ރަށްޔިތުނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިކަމަށެވެ.
އެ ޕޯސްޓުގައި ވަނީ މެމްބަރު އަހުމަދު ސަލީމްގެ އެހީތެރިކަމަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ހޯރަފުށީ އެސްޓީއޯ ފިހާރައިގެ އެހީތެރިކަންވެސް އެކައުންސިލުން ވަނީ ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ.
އުލިގަމް އަދި ތުރާކުނު ރައްޔިތުންނަށް އެހީތެރި ވުމުގައި ހޯރަފުށި އަބަދުވެސް ދެމި އޮއްނާ ކަމަށް ހޯރަފުށީ ކައުންސިލުން ވަނީ ބުނެފައެވެ.
އަތޮޅު ތަކުން މީހުން ދިރިއުޅޭ ރަށަކުން ފުރަތަމަ ކޯވިޑް-19 ބައްޔަށް މީހަކު ފައްސިވެފައިވަނީ އެ އަތޮޅު އުލިގަމުންނެވެ. އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައި ވާއިރު، އުލިގަމު އޮތީ މޮނިޓަރިން ހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!