30 އަހަރު ފަހުން އިންޑިޔާގެ އަވަށްތަކަށް ހިމާލިއާ ފަރުބަދަތައް ފެންނަން ފަށައިފިކަމަށް އިންޑިޔާގެ ޕަންޖާބް ގައި އުޅޭ އާންމުން ބުނަންފަށައިފިއެވެ.
މިއީ ކޮރޯނާވައިރަސްގެ ސަބަބުން މުޅި އިންޑިޔާ 21 ދުވަހަށް ލޮކްޑައުން ކުރުމާއި ގުޅިގެން އިންޑިޔާގެ ޖައްވު ސާފުވެފައިވާކަމުގެ ހެއްކެއްކަމަށް އެމީހުންދަނީ ބުނަމުންނެވެ.

ގާތްގަނޑަކަށް 125 މޭލު ދުރުގައި އޮންނަ ނޭޕާލްގެ މިފަރުބަދަތަށް ފަހުގެ ތާރީހެއްގައި ހަމަލޮލަށް ފެނިފައިނުވާކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން ފަރުބަދަތަކުގެ މަތި ސްނޯއިން ފުރާލާފައިވާ ރީތި މަންޒަރުތައް އެސަރަހައްދުގައި އުޅޭމީހުން ވަނީ މީސްމީޑިޔާގައި ހިއްސާކޮށްފައެވެ.
Thoda aur pass bhaji bhai.. from my home @Dharamshala pic.twitter.com/m7nnQTpzCi
— gulshan patiyal (@gull_1985) April 3, 2020
ދުނިޔޭގެ އެންމެ އުސް ފަރުބަދަ ތަކުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ފަރުބަދަތަށް ހިމެނޭ ހިމާލިޔާ އިންޑިޔާއަށް ފެނިގެން ދިއުމުން އިންޑިޔާގެ ކުރީގެ މަޝްހޫރު ކުރިކެޓް ކުުންތެރިޔެއްކަމަށްވާ ހާރބަޖާން ސިންގް ބުނެފައިވަނީ މިއީ ދުވަހަކުވެސް ފެނިދާނެ މަންޒަރެއްކަމަށް ހީވެސް ނުކުރާކަހަލަ މަންޒަރެއްކަމަށެވެ. އޭނާ ދިރިއުޅޭ ގޭގައި ހުރެގެން ނަގާފައިވާ ފޮޓޯއެއް ޓުވީޓްކުރުމަށްފަހު ބުނެފައިވަނީ އަހަރެމެންގެ އަތްތަކުން ދުނިޔޭގެ ވައި ތަގައްޔަރު ކުރެވިފައިވާ މިންވަރު އަންދާޒާކުރޭކަމަށެވެ.
އިންޑިޔާ ލޮކްޑައުން ކުރުމާއި ގުޅިގެން ފެކްޓްރީތަކާއި އިންޑިޔާގެ ކާރޫބާރޫ ބޮޑެތި މަގުތައް ވަނީ އެކީހެން ހުސްވެފައެވެ. އެއާއިއެކު ޖައްވަށް ކޮންމެ ދުވަހަކު ދޫކުރަމުން އަންނަ ވިހަ ގޭސްތައް ވަނީ ބޮޑުތަނުން މަދުވެފައެވެ. މީގެ ސަބަބުން އިންޑިޔާގެ ގިނަ ސަރަހައްދުތަކުން ވައި ނުސާފުވުމުގެ ސަބަބުން ދިމާވެފައިވާ އުންދަގޫތަކަށްވަނީ ކުޑަ ލުޔެއް ލިބިފައެވެ.
އާބާދީގައި 1.3 ބިލިއަން މީހުން އުޅެމުން އަންނަ އިންޑިޔާއަކީ ވައިގެ ތަގައްޔަރުކަން އެންމެ ބޮޑު ސިޓީތައް ހިމެނޭ ގައުމެވެ. އިންޑިޔާގެ ސެންޓްރަލް ޕޮލިއުޝަން ބޯޑުން ބުނެފައިވަނީ މުޅި އިންޑިޔާ ލޮކްޑައުން ކުރުމާއިއެކު ވައިގެ ނުސާފުކަން ވަރަށް ބޮޑަށް ކުޑަކުރެވިފައިވާކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލާ ޕޮލިއުޝަން މިންގަނޑަށްވުރެ އިންޑިޔާ އުޅެނީ 5 ދަރަޖަ މަތީގައެވެ.

މާޗް މަހުގެ 24 ވަނަ ދުވަހު އިންޑިޔާ އެކީ ލޮކްޑައުންއަށް ދިޔަ އިރު އެއަރ ކުއަލިޓީ އިންޑެކްސް ހުރީ 115 ގައެވެ. އޭގެ ތިންދުވަސް ފަހުން އެއަދަދުވަނީ 75 ދަށްވެފައެވެ. ލޮކްޑައުންގެ 21 ދުވަސް ނިމޭއިރު މިއަދަދު 50 ދަށްވާނެކަމަށް ލަފާކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!