ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު މިލިއަނަކަށް ވުރެ އިތުރު ވެއްޖެއެވެ.
ކޮވިޑް-19 ،2 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ރޭގަނޑު 23:05 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
- ޕޮޒިޓީވް މީހުންގެ ޢަދަދު: 1،000،168 މީހުން
- މަރުވި މީހުންގެ ޢަދަދު: 51،345 މީހުން
- ރަނގަޅުވި މީހުންގެ ޢަދަދު: 210،191 މީހުން
ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް
- 2020 ޖެނުއަރީ 19، 100 މީހުން
- 2020 ޖެނުއަރީ 24، 1،000 މީހުން
- 2020 ފެބްރުއަރީ 12، 50،000 މީހުން
- 2020 މާރިޗް 6، 100،000 މީހުން
- 2020 މާރިޗް 18، 200،000 މީހުން
- 2020 މާރިޗް 21، 300،000 މީހުން
- 2020 މާރިޗް 24، 400،000 މީހުން
- 2020 މާރިޗް 28، 600،000 މީހުން
- 2020 މާރިޗް 29، 700،000 މީހުން
- 2020 މާރިޗް 31، 800،000 މީހުން
- 2020 އޭޕްރިލް 1، 900،000 މީހުން
- 2020 އޭޕްރިލް 2، 1،000،000 މީހުން
މިބަލި މިއަދު އެކަނިވެސް 65،692 މީހުންނަށްވަނީ ޖެހިފައެވެ. މިއަދު މިބަލީގައި މިހާތަނަށް 4،179 މީހުންވަނީ މަރުވެފައެވެ.
ދުނިޔޭގައި އެންމެ ބާރަށް މިހާރު މިބަލި ފެތުރެނީ އެމެރިކާގައިއެވެ. އެމެރިކާ ފިޔަވައި އެންމެ ބާރަށް މިބަލި ފެތުރެމުން ދަނީ ޔޫރަޕް ބައްރުގައެވެ. އިޓަލީ ވިލާތުގެ އިތުރުން، ސްޕޭން، ޖަރުމަނު ވިލާތް، ފުރާންސް، ސްވިޒަލޭންޑް، އިނގިރޭސިވިލާތް، ނެދަލެންޑް، ސްވިޑަން، ބެލްޖިއަމް، އޮސްޓްރިއާ، ނޯވޭ، ރޫމޭނިއާ، އަޔަރލެންޑް، ޗެކްރިޕަބްލިކް އަދި ޑެންމާކް ފަދަ އެތައް ޔޫރަޕްގެ ޤައުމެއްގައި ހަލުވިކަމާއިއެކު މިބަލި ދަނީ ފެތުރެމުންނެވެ.
ރަސިއާގެ އިތުރުން ދުނިޔޭގެ އެކި ބައްރު ތަކުން އީރާން، އޮސްޓްރޭލިއާ، ތުރުކީވިލާތް، ޗިލީ، ސައުތުއެފްރިކާ، އިސްރާއީލް، މެލޭސިޔާ، ފިލިޕީންސް، އިންޑިއާ، ޕާކިސްތާން، ޗިލީ، މެކްސިކޯ އަދި އިކުއެޑޯ ފަދަ ޤައުމުތަކަކީ ބަލި ފެތުރުން ހަލުވިވެފައިވާ ޤައުމުތަކެވެ.
2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 204 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!