މަޝްހޫރު ދީނީ ޢިލްމު ވެރިޔާ މުފްތީ އިސްމާޢީލް މެންކް މިނަސޭހަތްތަކުގައި ހިފާށެވެ! މުފްތީ ވިދާޅުވިއެވެ. އެކަހެރިވެ ތިބެން ލިބިފައިވާ ފުރުސަތުގެ މިއީ ހެވެއް ކަމުގައި ދެކެން ޖެހެއެވެ. މިއީ އިންސާނާގެ އީމާންތެރިކަން ވަރުގަދަކޮށް މިދަތި މަރުހަލާގެ ތެރެއިން ރައްކާތެރިކަން ލިބިގަންނަން ލިބުނު ފުރުސަތެކެވެ.

Ad
rt

އަހަރުމެންނަކީ" އެކަހެރިވެ ތިބެން ލިބިފައިވާ މިފުރުސަތަކީ ހެވެއް ކަމުގައި ދެކެން ޖެހޭ! މިއީ އިންސާނުން އީމާންތެރިކަން ވަރުގަދަކޮށް މިދަތި މަރުހަލާގެ ތެރެއިން ރައްކާތެރިކަން ލިބިގަންނަން ލިބުނު ފުރުސަތެއް! އަހަރުމެންނަކީ އަބަދުވެސް އަމިއްލަ ނަފްސަށާއި، ޢާއިލާ އަށް ވަގުތު ދޭން ބޭނުންވާ ބައެއް، މިފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ! އެހެން މީހުންގެ ކަންތައްތަކާއި ނުބެހި ރައްކާތެރިކަން ލިބިގަނޭ! " އަބަދުވެސް އަމިއްލަ ނަފްސަށާއި، ޢާއިލާ އަށް ވަގުތު ދޭން ބޭނުންވާ ބައެއް ކަމުން، މިފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! އަދި އެހެން މީހުންގެ ކަންތައްތަކާއި ނުބެހި ރައްކާތެރިކަން ލިބިގަތުމަށް މުފްތީ މެންކް ވަނީ ނަސޭހަތްތެރިވެފައެވެ.

މުފްތީ މެންކް ނަސޭހަތަކީ އަބަދުވެސް އުންމީދު އާލާކުރުމަށެވެ. މިހާލަގުގައި ތިމާގެ އަމިއްލަ ނަފްސްގެ ހަމަހިމޭންކަން ނަގާލައިގެން ނުވާނެކަމަށްވެސް މުފްތީ މެންކް ނަސޭހަތްތެރިވެ ވަޑައިގަނެއެވެ.

އިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކްގެ މިނަސޭހަތްތައް ގުޅިފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން މިހާރު ދުނިޔެ މިއޮތް ހާލަތަށެވެ. " ވަށައިގެން ހިނގަމުން މިދާ ކަންތައްތަކުގެ ސަބަބުން ތިމާގެ އަމިއްލަ ނަފްސްގެ ހަމަހިމޭންކަން ނަގާލައިގެން ނުވާނެ. އޭގެ ބަދަލުގައި މާތް ﷲ އަށް ތަވައްކަލް ކޮށް އަބަދުވެސް ކަންކަމުގައި އުންމީދު އާލަކުރަން ވާނެ." މުފްތީ ވިދާޅުވިއެވެ.

ދުނިޔޭގައި ކަންތައްތައް ހީނުކުރާފަދަ ގޮތަކަށް ބަދަލުވަމުން ދިޔަކަމުގައި ވިޔަސް އިންސާނުންގެ ވިސްނުން ހުންނަންވާނީ ފައްސިކޮށް ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ. ކާއިނާތުގެ ވެރި އިލާހު ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ނިންމަވައި ދެއްވާނެކަން ޔަޤީންކޮށް އުންމީދު ކަނޑާލައިގެން ނުވާނެ ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.

މުފްތީ މެންކްއަކީ ސްލާމްދީނުގެ ރިވެތި އުސޫލުތައް ބުނެދީ، ދީނީ މައުލޫމާތު ޒުވާން ޖީލަށް ފޯރުވައިދިނުމަށް ސޯޝަލް މީޑިއާގައިވެސް ވަރަށް ހަރަކާތްތެރި އިލްމުވެރިޔެކެވެ.

އިރުމަތީ އެފްރިކާ އަދި އެނޫން ސަރަހައްދުތަކުގެ ގައުމުތަކުގައިވެސް ގިނަ ތަގުރީރުތަކެއް ދެއްވަމުން ގެންދަވާ ޝެއިޚް މުފްތީ އަކީ ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.