ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ ނިސްބަތް ވަރަށް ހަލުވިކަމާއިއެކު އިތުރު ވެއްޖެއެވެ.

އިއްޔެ ރާއްޖޭ ގަޑިން 3 ޖެހިއިރު!

Ad
rt

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ހިސާބުތަކަށް ބަލާއިރު އިއްޔެ ރާއްޖޭގެ ގަޑިން މެންދުރު ފަހު ތިނެއް ޖެހުމާއި ހަމަޔަށް ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދަކީ 200099 އެވެ.

މިވައިރަސް ޖެހުނު މީހުންގެ ތެރެއިން މަރުވި މީހުންގެ ޢަދަދަކީ، 8010 އެވެ.

ރަަނގަޅުވެފައި މީހުންގެ ޢަދަދަކީ 82813 އެވެ.

މިއަދު ރާއްޖޭ ގަޑިން 3 ޖެހިއިރު!

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ހިސާބުތަކަށް ބަލާއިރު މިއަދު ރާއްޖޭގެ ގަޑިން މެންދުރު ފަހު ތިނެއް ޖެހުމާއި ހަމަޔަށް ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދަކީ 220877 އެވެ.

މިވައިރަސް ޖެހުނު މީހުންގެ ތެރެއިން މަރުވި މީހުންގެ ޢަދަދަކީ، 8988 އެވެ.

ރަަނގަޅުވެފައި މީހުންގެ ޢަދަދަކީ 85782 އެވެ.

ތިނަކުން ތިނަކަށް:

ތިނަކުން ތިނަކަށް ފެންނަން އޮތް ޢަދަދަކީ ސިއްސައިގެން ދާވަރުގެ ޢަދަދެކެވެ.

- ވައިރަސް ޖެހުނު މީހުން ޢަދަދު: 20778
- ވައިރަސްގެ ސަބަބުން މަރުވި މީހުންގެ ޢަދަދު: 978
- ވައިރަސްގެ ސަބަބުން ރަނގަޅުވި މީހުންގެ ޢަދަދު: 2969

ފެންނާން މިއޮތީ ދުނިޔޭގައި ކޮވިޑް-19 ފެތުރެމުންދާ ބާރު މިނެވެ. މި ވައިރަސް އެންމެ ބާރުމިނެއްގައި މިހާރު ފެތުރެމުންދަނީ ޔޫރަޕްގެ ބައްރު ގައިއެވެ. އެބައްރުން އެނެމެ ހަލުވިކަމާއިއެކު މިވައިރަސް ފެތުރެމުންދަނީ އިޓަލީ ވިލާތުގައިއެވެ.

ރާއްޖޭގައި ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މިހާތަނަށް 517 ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 502 ނެގެޓިވް ވެފައިވާއިރު، 15 ސާމްޕަލްގެ ނަތީޖާ މިހާތަނަށް ނުލިބިފައެއް އަދި ނުވެއެވެ.

ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖޭންވެސް ފެނިފައި ވާއިރު އެ އެންމެންނަކީ ވެސް ޓޫރިސްޓުނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެެވެ. އޭގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެވެ.