ޓެސްޓު ކުރާ މީހުންގެ އަދަދު ނިސްބަތުން އެންމެ މަދީ އިންޑިޔާގައިކަމަށް ގިނަބަޔަކު ބުނަން ފަށައިފިއެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރާ މީހުންގެ އަދަދު ވުމުން، އިންޑިއާގައި އެ ވައިރަސްޖެހިފައިވާ ތިބި މީހުންގެ ހަގީގީ އަދަދު ނޭނގުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

Ad
rt

މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާ ވައިރަހާ ދެކޮޅަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ، ވީހާވެސް ގިނަ މީހުން ޓެސްޓުކުރުންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވެސް ވަނީ ބުނެފަ އެވެ.

އޮކްސްފޯޑް ޔުނިވަރސިޓީން ހަދާފައިވާ ދިރާސާއިން ހާމަވާ ގޮތުގައި. ކޮވިޑް 19 ރޯގާ ހުއްޓުވުމަށް ޓެސްޓު ހެދުމުގައި އެންމެފަހަތުގައި މިވަނީ އިންޑިއާއެވެ. ރޯގާ ކޮންޓްރޯލްކުރަން އިންޑިއާއިން އަޅާފިޔަވަޅުތައް ލަސްވާތީ، ޑަބްލިޔުއެޗްއޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީ ވިސްނަންޖެހޭކަމެއްނޫންތޯއެވެ. އިންޑިއާ އިން އަންނަމީހުން ހޯމްކަންޓީނު ކުރުމުގެ ބަދަލުގައި އައިސޮލޭޝަން ފެސިލިޓީސް އަށް ފޮނުވުން ރައްކާތެރިވާނެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒްގެ ފޭސްބުކްގައި ލިއުއްވާފައިވެއެވެ.

އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިޔާ އޮތީ ފަހަތުން 9 ވަނައިގައެވެ. އިންޑިޔާގެ އާބާދީ 1.3 ބިލިއަން މީހުންނާއި އެކު ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީއެވެ.

ނަމަވެސް، އިންޑިއާގައި އަދިވެސް ޓެސްޓު ކުރާ މީހުންގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. އިންޑިއާއިން ޓެސްޓު ކުރަނީ، އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ ގައުމަކުން އެނބުރި އަންނަ ފަރާތްތަކުގެ އިތުރުން، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ސީދާ ކޮންޓެކްޓުވެ، ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ ފަރާތްތައް އެކަންޏެވެ.

އެގޮތުން، އިންޑިއާގައި ދުވާލަކު 8،000 ޓެސްޓު ކުރުމުގެ ގާބިލުކަންހުރި ނަމަވެސް، ޓެސްޓު ކުރާ މީހުންގެ އަދަދު ހުރީ އެންމެ 5900 ގަ އެވެ.

އިންޑިއާގައި މިހާތަނަށް ތިން މީހަކު މިވައިރަހުގައި މަރުވެފައިވާއިރު 151 މީހަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ.

ނަމަވެސް، ޑަބްލިޔުއެޗްއޯގެ އިރުޝާދު އިންޑިއާގައި އަދި ތަންފީޒުކުރަންޖެހޭ ހާލަތެއްނެތް ކަމަށް އެގައުމުގެ ބައެއް އޮފިޝަލުން ވަނީ ބުނެފަ އެވެ.