ލަންކާ ބޭންކްތަކުންނާއި، މޯގޭޖް ކުންފުނިތަކުން ނަގާފައިވާ ލޯނުތައް ދެއްކުން ހަމަސް ދުވަހަށް ފަސްކޮށްފި އެވެ.
ސްރީލަންކާގެ ރައްޔިތުން އެގައުމުގެ ބޭންކްތަކުންނާއި، މޯގޭޖް ކުންފުނިތަކުން އާއްމު ރައްޔިތުން ނަގާފައިވާ ވިޔަފާރި ލޯނުތައް ދެއްކުން ހަމަސް ދުވަހަށް ފަސްކުރިކަން ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިއުލާންކުރައްވާފައިވަނީ މިރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ އިޤުތިޞާދީ އަނދަވަޅުން އަރައިގަތުމަށް އާންމު ރައްޔިތުންގެ ލޯނުތައް ދެއްކުން ހަމަސް ދުވަސް ފަސްކުރަން ކުންފުނިތަކަށް މިހާރު އަމުރު ކުރައްވާފައި ވާނެކަމަށާއި ލަންކާގެ ހުރިހާ މާލީ އިދާރާތަކަކުން ވެސް އެއަމުރަށް ބޯލަނބާނެކަމަށަ ގޮތަބަޔާ ވިދާޅުވިއެވެ.
ލަންކާ ރައްޔިތުންގެ ކެއުމަށް އެންމެ ގިނައިން ބޭނުން ކުރާ އެއް ބާވަތް ކަމަށްވާ މުގާއި މަހުގެ އަގު ވެސް ވަނީ ހެޔޮކުރަން ނިންމަވާފައެވެ.
މުގު ކިލޯއެއް ދެން އެންމެ އަގުބޮޑުކޮށް ވިއްކޭނީ 65 ރުޕީސް އަށް، މަސްދަޅެއް އެންމެ އަގުބޮޑުކޮށް ވިއްކޭނީ 100 ރުޕީސް އަށް
ގޮތަބަޔާ ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެހެން ހަރަކާތްތައް ހުއްޓިފައިވާކަން ގޮތަބަޔާ ފާހަކުރިއެވެ. ނަމަވެސް ވައިރަސް ކޮންޓްރޯލް ކުރަން ސަރުކާރުން އެއްވެސް ފިޔަވަޅެއް އެޅުން ލަސްނުކުރާނެ ކަމަމުގެޔަގީންކަން ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!