އަންނަ މަހު 18 އަށް ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނެގުމަށްފަހު، އެ މައްސަލަ ސުޕްރީމު ކޯޓަށް ހުށަހަޅައިފި އެވެ.
އީސީއިން ކޮށްފައިވާ ޓުވީޓެއްގައިވަނީ އީސީއިން ހައި ކޯޓަށް ހުށަހެޅި އިންތިޚާބީ މައްސަލަ ނެގުމަށްފަހު ސުޕްރީމު ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
EC in High Court ah hushaelhi inthikhaabee massala HC in nagaa e massala iyye vanee Supreme Court ah hushalhaafa
— Elections Commission (@ElectionsMv) March 17, 2020
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލާ ދުވަސް އިތުުރަށް ލަސްކޮށް ދިނުމުގެ އަމުރަކަށްއެދި އެދި އިލެކްޝަންސް ކޮމިޝަނުން ހައިކޯޓުގައި އެދުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ނެތް ކަމަށާއި އެކަމަށް ފަރުވާއެއް ހޯދަން އޮތް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ، ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި މެންބަރަކު ދެއްކެވި ވާހަކައާގުޅިގެން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އިންތިހާބު ފަސް ކޮށް، ބާތިލުކޮށް އިންތިހާބުގެ ތާރީހު ކަނޑައެޅުމަކީ ސުޕްރީމްކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!