އއ. މަތިވެރިއަށް މީހުން އެރުމާއި ފޭބުން މަނާކޮށްފި އެވެ. އެ ރަށަށް މީހުން އެރުމާއި ފޭބުން މަނާ ކުރީ ދެ ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެނިފައިވާތީ އެވެ.
އެކަން ހާމަކުރެއްވީ ދަރުބާރުގޭގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައިި ކޮވިޑް-19 ގެ ޓާސްކް ފޯސްގެ ސަރުކާރުގެ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަޒީޒެވެ.
އއ. މަތިވެރިން ދެ ބިދޭސީންގެ ގައިން ކޮވިޑް- 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން އެރަށް ވަނީ މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތީ މަތިވެރި ،ގިލިލަންކަން ފުށި، ލަނޑާގިރާވަރު، އާވީ ނޭޗަރސް ޕެރެޑައިސް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!