ހެލްތު މިނިސްޓަރު ޢަބުދު ﷲ އަމީންގެ ހިތުގެ ހިފެހެއްޓުމެއް ނެތް ޝުކުރު
ކޮވިޑް-19 ގެ ނުރައްކަލުން ގައުމު މިންޖުކުރުމުގެ މުހިންމު މަސައްކަތުގެ އެންމެހާ ބައިވެރިންނަށް ދަންނަވައިފިއެވެ.

ހެލްތު މިނިސްޓަރު އަމީން އެފަރާތްތަކަށް ޝުކުރު އަދާކުރަށްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ‏އުނދަގޫ މިވަގުތުގައި، ހެލްތު މިނިސްޓްރީގެ އެންމެހާ މުވައްޒަފުން، އެޗްޕީއޭގެ އެންމެހާ މުވައްޒަފުން، ޑޮކްޓަރުން، ނަރުހުން، އަދި އެންމެހައި ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތާއިމެދު ފަޚުރުވެރިވާކަމަށެވެ.

Ad
rt

"ތިޔަދައްކަވާ ނަމޫނާއަށް ސާބަސް. ކޮވިޑް-19 ގެ ނުރައްކަލުން ގައުމު މިންޖުކުރުމުގެ މުހިންމު މަސައްކަތުގެ ބައިވެރިންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު."

"ތިޔަދައްކަވާ ނަމޫނާއަށް ސާބަސް. ކޮވިޑް-19 ގެ ނުރައްކަލުން ގައުމު މިންޖުކުރުމުގެ މުހިންމު މަސައްކަތުގެ ބައިވެރިންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު." މިނިސްޓަރު އަމީން ވިދާޅުވެފައި ވެއެވެ.

ހެލްތު މިނިސްޓަރު އެހެންވިދާޅުވި އިރު ސަރުކާރުގެ ކަމާއި ބެހޭ އެންމެހާ މުވައްސަސާތަކާއި، ޑަކްޓަރުން އަދި ނަރުހުން ފެށިގެން މުޅިސިއްޚީ ދާއިރާއިން އަންނަނީ ކޮވިޑް-19 ގެ ނުރައްކަލުން ގައުމު މިންޖުކުރުމުގެ މުހިންމު މަސައްކަތު ކުރަމުންނެވެ.

ކޮވިޑް-19 އަށް ރައްޔިތުން ހޭލުންތެރި ކުރުމުގައި އެތައް ފަރާތްތަކަކުން ބައިވެެރިވެ އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިގައިވަނީ 8 ބިދޭސީއެއްގެ ގައިންނެވެ. އޭގެ ތެރޭގައި ހިމެނޭ ފަތުރުވެރި ދެމަފިރިންނަށް ފަރުވާ ދެވެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އެވައިރަސް ޖެހުނު 8 މީހުންގެ ހާލުވެސް ރަނގަޅުކަމަށް މިރޭ ސަރުކާރުންވަނީ ބުނެފައެވެ.