އއ. އަތޮޅު ބަތަލާ އައިލަންޑް ރިސޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
އެކަމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ބަތަލާ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން މޮނިޓަރކުރުމާއި، ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަރިއަތޮޅު ދެކުނުބުރި، ސޭންޑީޒް ބަތަލާ އައިލަންޑް ގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއް #ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމާއި ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ.
— Health Protection Agency (@HPA_MV) March 7, 2020
އެގޮތުން ޝައްކު ކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި، މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޯވިޑް-19 ގެ އަލާމާތްތައް ހުރެގެން ރާއްޖޭން މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން ރިސޯޓެއްގެ ދެ މުވައްޒަފަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ސަރުކާރުންވަނީ މިރޭ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!