ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ''ކައުންސިލް ފުޓްސަލް ޗެލެންޖެ 2026''ގައި ބައިވެރިވުމަށް ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.
މަކުނުދޫ ކައުންސިލުން ބުނިގޮތުގައި މި ޗެލެންޖް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ ޖިންސަށް ވެސް ފުރުޞަތު ދީގެންނެވެ.
ކައުންސިލް އެކަށަހަޅާފައިވާ އުސޫލާއި އެއްގޮތަށް އައުޓް ސޯސްކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ފުޓްސަލް ޗެލެންޖް ފެށުމަށް ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު 15 ގައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުން ގަޑިއަކީ އަންނަ ޖުލައި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މަކުނުދޫގެ ޖަމިއްޔާތަކަށާއ،ި ކްލަބް ތަކަށާއި، ރަޖިސްޓާރޑް ނޫން ޓީމުތަކަށްވެސް ހުޅުވާލާފައިވާއިރު، މި ޗެލެންޖުގައި ބައިވެރިވުމުގައި މަކުނުދޫ ކުޅުންތެރިއެއް ކަމުގައި ބެލެވޭނ،ީ މުބާރާތަށް އިޢުލާން ކުރާއިރު އިޢުލާން ކުރާ ތާރީޚާއި ހަމައަށް މަކުނުދޫގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް އެކަނިކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ކުނުދޫގެ މީހަކާއި ކައިވެނިކޮށްގެންއުޅޭ މީހުން، މަކުނުދޫގެ ރަށްވެހިންގެ ގޮތުގައި ބަލަން ނިންމާފައިވާއިރު، މިފަދަ ފަރާތްތައް ޓީމް ލިސްޓް ހުށަހަޅާއިރު ކައިވެނީގެ ސެޓްފިކެޓް ހުށަހަޅަންޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މި މުބާރާތުގެ ފިިރިހެން ޗެމްޕިއަނުންނަށް ޗެމްޕިއަން ޓްރޮފީ ގޯލްޑް މެޑަލް އަދި ފައިސާގެ އިނާމްގެ ގޮތުގައި 25،000 ރުފިޔާ ދޭން ނިންމާފައިވާއިރު، އަންހެން ޗެމްޕިއަނުންނަށް ޓްރޮފީ ގޯލްޑް މެޑަލް އަދި ފައިސާގެ އިނާމްގެ ގޮތުގައި 10،000 ރުފިޔާ ދޭން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ފިރިހެން ރަނަރަޕް އަށް ޓްރޮފީ، ސިލްވަރ މެޑަލް އަދި ފައިސާގެ އިނާމްގެ ގޮތުގައި 15،000 ރުފިޔާ ދޭން ނިންމާފައިވާއިރު، އަންހެން ރަނަރަޕް އަށް ޓްރޮފީ، ސިލްވަރ މެޑަލް އަދި ފައިސާގެ އިނާމްގެ ގޮތުގައި 5،000 ރުފިޔާ ދޭން ވަނީ ނިންމާފައެވެ.
މި ޗެލެންޖުގައި ހޮވާ އިތުރު ވަނަތަކުގެ ތެރޭގައި މުބާރާތުގެ ފެއާރ ޕްލޭ ޓީމް، މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާ، މުޅި މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ، މުޅި މުބާރާތުގެ މޮޅު 5 ކުޅުންތެރިން، މުޅި މުބާރާތުގެ ފާހަގަކުރެވުނު އެއްމެ މޮޅު ކޯޗު އަދި ހުރިހާމެޗެއްގެ ޕްލޭޔަރ އޮފްދި މެޗް ހިމެނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެއް ވެސް ފީއެއް ނުނަގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!