ރާއްޖޭގެ އެންމެ މަގުބޫލު މުވާސަލާތީ ކުންފުނި، އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ މޮބައިލް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަ ގިނަ އޮފާތަކެއް ހިމެނޭހެން "ފުޓުބޯޅަ ފޯރި" ކެމްޕޭނު މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ކެމްޕޭނުގެ ދަށުން ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަ ހަރަކާތްތަކެއް ރޭވިފައިވާއިރު، މާދަމާ ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

Ad
rt

އުރީދޫން ބުނި ގޮތުގައި ފީފާ ވޯލްޑް ކަޕަށް މަރުހަބާ ކިޔުމުގެ ގޮތުން ބާއްވާ މި ކުޑަކުދިންގެ ހަވީރު އޮންނާނީ މާދަމާ، 12 ޖޫން 2026 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަވީރުގައި ފުޓުބޯޅައާ ގުޅުންހުރި ތަފާތު ކުޅިވަރުތަކާއި މަޖާ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މޮބައިލް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ޚާއްސަ އޮފާތަކެއް

މި ކެމްޕޭނުގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން އުރީދޫއިން ވަނީ އެމްޓީވީ "ވީއާރ26" ގެ ނަމުގައި އައު ޕެކޭޖެއް ނެރެފައެވެ. 275 ރުފިޔާއަށް ލިބޭ މި ޕެކޭޖުގައި 3 ޖީބީގެ އާންމު ޑޭޓާއާއި، މުބާރާތް ނިމެންދެން ބޭނުންކުރެވޭ މީޑިއާނެޓްގެ ޓީވީ ސަބްސްކްރިޕްޝަން ހިމެނެއެވެ. މި ޕެކޭޖު އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އުރީދޫ އެޕްގެ "ހޮޅުއަށި" މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ.

ސުޕަނެޓް ކަސްޓަމަރުންނަށް ވެސް މި ދުވަސްވަރު ބޮޑެތި ލުއިތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ޖުލައި މަހުގެ ނިޔަލަށް ސުޕަނެޓް އަންލިމިޓެޑް ޕެކޭޖަކަށް އެއްވެސް އިތުރު ފީއަކާ ނުލައި އަޕްގްރޭޑްކޮށްލެވޭނެއެވެ. މި ބަދަލު ގެންނަ ކަސްޓަމަރުންނަށް ފުރަތަމަ ތިން މަހު ބިލް ކުރެވޭނީ ކުރިން ވެސް ފައިސާ ދައްކަމުން އައި ރޭޓުންނެވެ. މީގެ އިތުރުން، އަލަށް ސުޕަނެޓް އަންލިމިޓެޑް ނަގާ ފަރާތްތަކާއި ޕެކޭޖު މަތިކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރިއަކަށް 75 އިންޗީގެ ހައިސެންސް ޓީވީއެއް ލިބޭނެއެވެ.

ރެޑްވޭވްއާ ގުޅިގެން ޓީވީ ގަނެވޭނެ ފަސޭހަ އިންތިޒާމެއް

މެޗުތައް ބެލުމުގެ ތަޖުރިބާ ގޭތެރޭގައި އިތުރަށް ފުރިހަމަކުރުމަށް އުރީދޫއިން ވަނީ ރެޑްވޭވްއާ ގުޅިގެން ޓީވީ ގަނެވޭނެ ފަސޭހަ އިންތިޒާމުތަކެއް ވެސް ހަމަޖައްސާފައެވެ. ފާއިތުވި ހަ މަސްދުވަހު ގަވާއިދުން ބިލް ދައްކާފައިވާ ސުޕަނެޓް އަންލިމިޓެޑް ކަސްޓަމަރުންނަށާއި، އަލަށް ޑައިރެކްޓް ޑެބިޓް ހަދާ ފަރާތްތަކަށް 12 މަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް އައު ޓީވީއެއް ނެގޭނެއެވެ. މި އޮފާގެ ދަށުން 55 އިންޗީގެ ޓީވީއާއި އެކި ސައިޒުތަކުގެ ޓީވީތައް ލިބޭނެ ވައުޗަރުތައް އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން ދޫކުރާނެއެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓޭ މި ކުޅިވަރު މުބާރާތުގެ ތެރެއިން ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން މުއްސަނދިކޮށްދިނުމަކީ ކުންފުނީގެ އަމާޒުކަމަށް އުރީދޫން ފާހަގަކުރެއެވެ. މި ކެމްޕޭނާ ގުޅޭ އިތުރު ތަފްސީލު އުރީދޫ ވެބްސައިޓުންނާއި އެޕްލިކޭޝަން މެދުވެރިކޮށް ލިބެން ހުންނާނެއެވެ.