ފިލިޕީންސްގެ ވެރިރަށް މެނީލާގައި ބޭއްވި މޭޑޭގެ މުޒާހަރާތަކުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރގެ ސިފަ ދައްކުވައިދޭ ބޮޑު ބުދެއްގައި ހުޅުޖަހައި އަންދާލައިފިއެވެ.\
2026 މޭ 1 ވީ ހުކުރު ދުވަހު ކުރިއަށްދިޔަ މި ހަރަކާތަކީ އެ ގައުމުގެ އިގްތިސާދީ ދަތިތަކާއި ދުނިޔޭގެ ސިޔާސީ މަސްލަހަތުތަކާ ހުރި ގުޅުން ހާމަކުރުމަށް އެކްޓިވިސްޓުން ކުރިއަށްގެންދިޔަ ރަމްޒީ އިހުތިޖާޖެކެވެ.
"ތިން ބޯލީ މޮންސްޓަރ" ބުދު
މުޒާހަރާގެ ބައިވެރިން އަންދާލި ބުދަށް ދީފައިވާ ނަމަކީ "ތިން ބޯލީ މޮންސްޓަރ" އެވެ. މި ބުދުގައި ޓްރަމްޕް ހިމެނީ އެމެރިކާގެ ޚާރިޖީ ސިޔާސަތާއި މެދުއިރުމަތީ އެމެރިކާ ބައިވެރިވެގެން ކުރަމުން އަންނަ އީރާން ހަނގުރާމަ އާއި ލުބްނާނާއި އަދި ފަލަސްތީނުގައި އެމެރިކާގެ ވާގިވެރިވުމާއެކު އިސްރާއީލުން ހިންގަމުން އަންނަ އުދުވާނުތަކާއި ގުޅިގެންނެވެ. ނަތަންޔާހޫ އަމާޒުކުރެވުނީ އިސްރާއީލުގެ ލާއިންސާނީ އަސްކަރީ އަމަލުތަކާ ގުޅިގެން ކަމަށްވާއިރު، ފިލިޕީންސްގެ ރައީސް މާކޯސްއަށް ފާޑުކިޔުން އަމާޒުވީ ތެލުގެ އަގުބޮޑުވުމާއި، އިންފްލޭޝަން އަދި އެންމެ ކުޑަ އުޖޫރަ އެކަށީގެންވާ މިންވަރަށް ބޮޑުނުކުރުމުގެ ސަބަބުންނެވެ.
#Philippines — During May Day demonstrations in Manila, effigies of Trump, Netanyahu and Philippine President Marcos were set on fire. pic.twitter.com/wZ6ZqoeUAD
— Antifa_Ultras (@ultras_antifaa) May 1, 2026
މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ފިލިޕީންސްގެ މަސައްކަތްތެރިން ތަހައްމަލު ކުރަމުންދާ ދަތިތަކަކީ އެމެރިކާގެ އިމްޕީރިއަލިސްޓް އުދުވާނާއި މާކޯސްގެ ސަރުކާރުން ހުޅަނގުގެ މަސްލަހަތުތަކަށް ތާއީދުކުރުމުގެ ނަތީޖާއެވެ. މެނީލާގެ ކަލާއު އެވެނިއު އަދި އެމެރިކާ އެމްބަސީ ކައިރިން މުޒާހަރާގެ ބައިވެރިން ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި ހަމަނުޖެހުން ހިނގައި، މަދުވެގެން ހަތް ފުލުހަކަށް އަދި "ސަންދިގަން އެންގް މަންގަގަވާ" ގްރޫޕުގެ މެންބަރަކަށް އަނިޔާވެފައިވެއެވެ.
މަސައްކަތްތެރިންގެ ގްރޫޕުތަކުން މި ދުވަސް ސިފަކޮށްފައިވަނީ "ހިސާބު ބަލާ ދުވަސް" ގެ ގޮތުގައެވެ. އެ ފަރާތްތަކުން ވަނީ ގައުމީ އެންމެ ކުޑަ އުޖޫރަ 1,200 ޕެސޯ އަށް ބޮޑުކުރުމަށާއި، ތެލުން ނަގާ 12 އިންސައްތަ ވެޓް ކަނޑާލުމަށް ސަރުކާރަށް ގޮވާލާފައެވެ. ބުދުގައި ހުޅުޖެހުމާއެކު އަލިފާން ނިއްވާ ފަރާތްތަކުން ވަނީ އެ ސަރަހައްދުގައި އަލިފާން ފެތުރުނަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ.
މި މުޒާހަރާއަކީ ދާދި ފަހުން ބޭއްވި "ބަލިކަޓަން" އަސްކަރީ ތަމްރީނުތަކާއި، ބައިނަލްއަގުވާމީ މަސްލަހަތުތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ނަތީޖާއެކެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކަކީ ފިލިޕީންސްގެ މަސައްކަތްތެރިންގެ އިގްތިސާދީ ހާލަތަށް ސީދާ އަސަރުކުރާ ކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!