މަސްދޯންޏެއްގައި އަލިފާން ރޯވެގެން ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު (14 ފެބުރުވަރީ 2026) މެންދުރުފަހު 14:54 އެހައިކަންހާއިރު ކަމަށެވެ.

Ad
rt

މި ހާދިސާ ހިނގާފައިވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓާ ގާތް ސަރަހައްދެއްގައިކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އަލިފާން ރޯވި މަސްދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ހާލަތު ބެލުމަށް ފުލުހުން އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމެއް ނުވަތަ ނޫންކަމެއް އަދި ދޯންޏަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ 15 ‏‏މީހުންނާ އެކު ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.