މާލޭގެ ގަލޮޅު ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ގަލޮޅު ހަލަވެލި ގޯޅި ތެރޭގައި ބަޔަކު މީހުންގެ މެދުގައި ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ޖެނުއަރީ 6 ވީ ހޯމަ ދުވަހުގެ ރޭ 20:59 އެހާކަންހާއިރުއެވެ.

Ad
rt

މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.