ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ރ.ކިނޮޅަހާ ދިމާ ބޭރުންނެވެ.
ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:24 އެހާކަންހާއިރުއެވެ.
މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އެއީ ކާކުކަން ނުވަތަ އެ މީހާ މަރުވާން ދިމާވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!