‏މުދާ ޝިޕްމެންޓެއްގައި ފޮރުވައިގެން ވަގަށް އެތެރެކުރަން އުޅުނު 2.7 މިލިއަން ރުފިޔާގެ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވިގެން 2025 ޑިސެންބަރު 04 ވަނަ ދުވަހު ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ.

Ad
rt

އެ ޝިޕްމަންޓް ބަލާފާސްކުރިއިރު ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިގޮތުން ޖުމްލަ 10800 (ދިހަހާސް އައްސަތޭކަ) ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ވެސް އެ އިދާރާއިންް ބުންޏެވެ.

މިތަކެތީގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރެޓް މަނާކުރުމަށް ސަރުކާރުން ނިންމި 15 ނޮވެމްބަރު 2024ގެ ފަހުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓެވެ. މި ތާރީޚްގެ ފަހުން ކަސްޓަމްސް އިން ވަނީ 66،000 އަށްވުރެ ގިނަ ވޭޕް އަތުލައިގެންފައެވެ.