ރެޕިޑް ޗެސް ޗެލެންޖުގެ ނަމުގައި ބޭއްވި ރާޒުވާ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލާފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހުގެ ނިޔަލައް ކުރިޔައްދިޔަ މުބާރާތުގައި ޖުމްލަ 90 ކުޅުންތެރިން ވާދަކުރިއެވެ. ހުޅުމާލެ ޗެސް އާކޭޑް ގައި ކުރިއަށްދިޔަ މުބާރާތް ބަހާލާފައިވަނީ 8 އަހަރުންދަށް، 10 އަހަރުންދަށް، 12 އަހަރުންދަށް އަދި 14 އަހަރުންދަށުގެ އުމުރުފުރަޔަށެވެ.

Ad
rt

މުބާރާތުގެ 1 ވަނަ 2 ވަނަ 3 ވަނައަށް ދިޔަ ކުޅުންތެރީންނަށް މެޑެއްޔާއި ހަނދާނީލިޔުން ހަވާލުކޮއްދެއްވީ ކާށިދޫ ދާއިރާގެ މެމްބަރު މުންތަޒިމް އިބްރާހިމް އަދި މޯލްޑިވިސް ޗެސްކުލަބުގެ ރައީސް އާދަމް ޒާހިރުއެވެ.

މުބާރާތުން ރަން ވަނަތައް ހޯދި ކުޅުންތެރިން، ފޮޓޯ: ޖީނިއަސް ޗެސް އެކަޑެމީ

8 އަހަރުން ދަށުގެ އަންހެން ޗެމްފިއަންކަން އަލާޔާ އާދަމް އިބްރާހިމް ހޯދިއިރު، 8 އަހަރުންދަށުގެ އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ޒިވާން ޝަމްސޫން ފުއާދްއެވެ. 10 އަހަރުންދަށުގެ ޗެމްޕިއަންކަން ޝިނާ ހުސެއިން ސިޔާމް ހޯދިއިރު ، 10 އަހަރުންދަށުގެ އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އަލްސަން ހުސެއިންއެވެ.

12 އަހަރުންދަށުގެ އަންހެން ޗެމްޕިޔަންއަކީ އާޔާ އާމިރު މުސްތަފާއެވެ. އަދި 12 އަހަރުންދަށުގެ އޯޕަން ޗެމްޕިޔަންއަކީ މުހައްމަދު ޔުއާން ޔަކްސަންއެވެ. 14 އަހަރުން ދަށުގެ އަންހެން ޗެމްފިއަންކަން އަޔާނާ މުހައްމަދު ސޯލިހު ހޯދިއިރު 14 އަހަރުން ދަށުގެ އޯޕަން ކެޓަގަރީން އެއްވަނަ ހޯދީ މުހައްމަދު އައިދިން މުންތަޒިމްއެވެ.

މުބާރާތަކީ ޖީނިއަސް ޗެސް އެކަޑެމީ އަދި މޯލްޑިވްސް ޗެސް ކުލަބް ގުޅިގެން ކުރިއައްގެންދިޔަ މުބާރާތެކެވެ. އަދި މިއީ ރާޒުވާކުޅުމަށް ލޯބިކުރާ ކުދިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށާއި ވާދަވެރި މާހައުލެއްގައި ކުޅިވަރު ކުރިއަރުވާ، ކުޅުންތެރީންގެ ހުނަރު ދެނެގަނެ އިތުރަށް ބޭނުންވާނެ އެހީތެރިކަމަށް މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި ބޭއްވި މުބާރާތެކެވެ.