ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު މިރޭ ނިޔާވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް 2 ގެ ނިކަގަސް މަގުގައެވެ.
ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވިއެވެ.
މި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ނިޔާވެފައި ވަނީ އުމުރުން 19 އަހަރުގެ އިސްމާއީލް ރަޔާން ބިން ނާޒިމް، ލައިޓް ގްރީން/ކ.ދިއްފުއްޓެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ނިކަގަސްމަގުން ވަންވޭ އާއި ޚިލާފަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެމަގަށް އެޅި އެހެން ސައިކަލެއްގައި ޖެހިގެންކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!