ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި އއ. މަތިވެރި މި ތިން ރަށަށް އިތުރު ޖެނެރޭޓަރު ސެޓް (ޖެންސެޓް) ފޮނުވާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ޖެންސެޓްތައް ފޮނުވީ އެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތަށް ދިމާވަމުންދާ ޑިމާންޑް ބޮޑުވުމާ ގުޅިގެން، ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.

Ad
rt

ކ. ގުރައިދޫއަށް 1000 ކިލޯވޮޓްގެ ޖެންސެޓެއް

ސްޓެލްކޯއިން ބުނި ގޮތުގައި، އުމްރާނީ ގޮތުންނާއި، ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ކ. ގުރައިދޫއަށް އަންނަމުންދާ ތަރައްޤީއާ ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް ބުދަ ދުވަހު ވަނީ އެ ރަށަށް ގެންގޮސްފައެވެ.

އއ. ތޮއްޑޫއަށް ވެސް 1000 ކިލޯވޮޓްގެ ޖެންސެޓެއް

އއ. ތޮއްޑޫއަށް ވެސް ގުރައިދޫއާ އެއްފަދައިން 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް ބުރާސްފަތި ދުވަހު ވަނީ ފޮނުވާފައެވެ. ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި، އުމްރާނީ ގޮތުންނާއި، ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ތޮއްޑޫއަށް އަންނަމުންދާ ތަރައްޤީއާ ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މި ޖެންސެޓް ވަނީ ގެންދެވިފައެވެ.

އއ. މަތިވެރިއަށް 600 ކިލޯވޮޓްގެ ޖެންސެޓެއް

އއ. މަތިވެރިއަށް ވެސް ވަނީ އިތުރު ޖެންސެޓެއް މިއަދު ފޮނުވާފައެވެ. އެގޮތުން، އެ ރަށަށް ފޮނުވާފައިވަނީ 600 ކިލޯވޮޓްގެ ޖެންސެޓެކެވެ. ސްޓެލްކޯއިން ބުނި ގޮތުގައި، އއ. މަތިވެރިއަށް އުމްރާނީ ގޮތުން އަންނަމުންދާ ތަރައްޤީއާ ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މި ޖެންސެޓް މިހާރު ވަނީ އެ ރަށަށް ގެންދެވިފައެވެ.

މި ޖަނަރޭޓަރުތައް އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު މި ތިން ރަށުގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯ އަކީ މާލެ ސިޓީ ހިމެނޭހެން ގްރޭޓަރ މާލެ ސަރަޙައްދަށާއި، އއ. އަތޮޅު، އދ. އަތޮޅު (މާމިގިލި ފިޔަވައި) އަދި ވ.އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ކަަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ސަރުކާރުގެ ކުންފުންޏެވެ.