މި ސީޒަންގައި ފުރަތަމަ ކުޅުނު 14 މެޗުން ވެސް މޮޅުވެ ޖަރުމަނުގެ ބަޔާން މިއުނިކުން، ފުރަތަމަ 14 މެޗުން މޮޅުވުމުގެ ރެކޯޑް ހަދައިފިއެވެ.

މި ސީޒަންގައި ބަޔާނުން ޖަރުމަނު ލީގުގައި މިހާތަނަށް ކުޅުނު 8 މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެ ޓީމް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 24 ޕޮއިންޓާއިއެކުއެވެ.

Ad
rt

މި ސީޒަންގައި މިހާތަނަށް ބަޔާނުން ޖަރުމަނު ކަޕާއި ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތަކުން ވެސް ވަނީ މޮޅުވެފައެވެ. ޖުމްލަ 14 މެޗުގައި އެ ޓީމުން ވަނީ 51 ލަނޑު ޖަހާފައެވެ. މި މެޗުތަކުގައި އެ ޓީމް ކޮޅަށް ވަދެފައިވަނީ އެންމެ ދިހަ ލަނޑެވެ.

ކުރިން މި ރެކޯޑް އޮތީ އިޓަލީގެ އޭސީ މިލާންގެ އަތުގައެވެ. މިލާނުން ވަނީ 1992-93 ސީޒަންގައި ފުރަތަމަ 13 މެޗުން މޮޅުވެފައެވެ. 32 އަހަރަށް ފަހު މިލާންގެ ރެކޯޑް ބަޔާނުން މިވަނީ މުގުރާލާފައެވެ.

ކޮމްޕެނީގެ އިރުޝާދުގެ ދަށުން ބަޔާނުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. 2024 ވަނަ އަހަރުގެ ޖުލައި މަހު ބަޔާންގެ ކޯޗުކަމާއި ހަވާލުވި ކޮމްޕެނީގެ އިރުޝާދުގެ ދަށުން ބަޔާނުން ވަނީ މިދިޔަ ސީޒަންގައި ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.