ދެކުނުގެ ރަށެއްގައި 2 އަހަރު ނުފުރޭ ކުޑަކުއްޖަކު ރޭޕުކުރި މައްސަލައިގައި އިހުމާލުވެފައިވާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އެކުއްޖާގެ ބައްޕަ ދޫކޮށްލައިފިއެވެ.
ފުލުހުން މިރޭ ބުނެފައިވަނީ، 2 އަހަރުނުވާ ކުޑަކުއްޖާއަށް އެކިދުވަސްމަތިން އެކުއްޖާގެ ބައްޕަ ފަރާތު ކާފައާއި ކުއްޖާގެ ބައްޕަ ފަރާތު މުނިކާފަ، ޖިންސީގޯނާ ކޮށްފައިވާކަން، ކުއްޖާގެ ބައްޕަ އާއި ކުއްޖާގެ މަންމައަށް އެނގިހުރެ އެކަން ކަމާބެހޭ އިދާރާތަކަށް ނާންގާ ކުއްޖާއަށް އިހުމާލުވެފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ ބައްޕަ އިއްޔެ ދޫކޮށްލައިފައިވާ ކަމަށެވެ.
އެގޮތުން ކުއްޖާގެ ބައްޕަ ދޫކޮށްލައިފައިވަނީ، ކުއްޖާގެ ބައްޕަ ހައްޔަރުކޮށް މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވާތީ، ޕީޖީ އޮފީހާ މަޝްވަރާކުރުމަށްފަހު، އިއްޔެގެ 14:30 ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ޖެނުއަރީ 18 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު މައްސަލަ ތަޙްޤީގުފުރިހަމަކޮށް، ކުއްޖާގެ ބައްޕައާއި މަންމަގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިމަހު 16 ވަނަ ދުވަހު،
ހުށަހަޅައިފައި ވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!