އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
މި ނިންމެވުމާ ގުޅިގެން، އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ވަނީ ހަވާލުކުރައްވާފައެވެ.
މި ނިންމެވުމުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ވަނީ 2021 ވަނަ އަހަރުގެ ޑިސެންބަރު 2 ވަނަ ދުވަހު ނެރުއްވާފައިވާ ޤަރާރު އުވާލައްވާފައެވެ. އެ ޤަރާރުގެ ދަށުން ހަންކެޑެ ވަނީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅުއްވައި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދެއްވާފައެވެ.
އައްޑޫސިޓީގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އަމާޒުކޮށްގެން ނިންމަވާފައިވާ މި ނިންމެވުމާއެކު، ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ތަރައްޤީކުރުމުގެ މަގު ވަނީ ފަހިވެފައެވެ. މިއީ އައްޑޫސިޓީގެ އިޤްތިޞާދީ ކުރިއެރުމަށާއި ވަޒީފާގެ ފުރުޞަތުތައް އިތުރުވުމަށް މަގުފަހިވެގެންދާނެ ނިންމެވުމެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!