ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއާއި ނިއުކާސަލް ބައްދަލުކުރި މެޗު، ބާސާއިން ކާމިޔާބު ކޮށްފިއެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، ތަރިއަކަށްވީ މި ސީޒަނަށް ބާސާއާއި ގުޅުނު އިނގިރޭސި އެޓޭކަރ މާކަސް ރަޝްފޯޑެވެ. ރަޝްފޯޑްގެ ޓްރާންސްފާއަކީ ވަރަށްގިނަ ބަޔަކަށް ހައިރާންކަން ލިބުނު ޓްރާންސްފާއަކަށްވީއިރު، ސީޒަން ފަށައިގެން ބާސާއިން އޭނާއަށް ކުޅުމަށް ދިން ފުރުސަތުތަކުގައި މާއެދެވޭ ކުޅުމެއް ވެސް އޭނާއަށް އޮތީ ނުދެއްކިއެވެ. ވުމާއިއެކު އޭނާއަށް ފާޑުކިޔުން ވެސް އޮތީ އިތުރުވެފައެވެ.

Ad
rt

ނަމަވެސް ރޭ މެޗުގައި ދެގޯލުޖަހައި ބާސާ މޮޅުކޮށްދީ އޭނާ މިވަނީ ފާޑުކިޔާ ފަރާތްތަކަށް ރަނގަޅު ރައްދެއްދީފައެވެ. ފުރަތަމަ ލަނޑަކީ 58 ވަނަ މިނިޓްގައި ޖޫލްސް ކޫންޑޭ ނަގައިދިން ހުރަހަކުން ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަހުން، މެޗުގެ 67 ވަނަ މިނިޓްގައި، އޭރިއާބޭރުން ރަޝްފޯޑް ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފައެވެ. މިއީ، ލޯނަކަށް ބާސެލޯނާ އަށް ބަދަލުވި ފަހުން ރެޝްފޯޑް ޖެހި ފުރަތަމަ ގޯލުތަކެވެ. މެޗުގެ ފަހު މިނިޓްގައި، ނިއުކާސަލްގެ ގޯލު ޖެހީ، ޖޭކަބް މާފީ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން އެންތަނީ ގޯޑަންއެވެ.