ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުރަން ފެންނަކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން މިއަދު ރުހުން ދީފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ވަނީ އުއްތަމަފަނޑިޔާރަކަށް ޢައްޔަނުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަޖިލީހަށް ފޮނުއްވި ނަންފުޅުއިއްވާފައެވެ.

Ad
rt

މިގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން އުއްތަމަފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީ، ޖުޑީޝަރީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

އުއްތަމަފަނޑިޔާރުކަމަށް ޣަނީ ޢައްޔަނުކުރުމުގެ މައްސަލަ ކޮމެޓީއަށް

ޖުޑީޝަރީ ކޮމެޓީން ވަނީ މިމައްސަލަ ދިރާސާކުރުމަށް މިއަދު ކޮމެޓީ ބާއްވައި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން ވަނީ ފާސްކޮށްފައެވެ.

ދެން އޮންނާނީ ތަޅުމުގައި ޣަނީގެ ނަމަށް ރުހުން އޮތްތޯ ވޯޓަށް އެހުމެވެ. އެކަން މާދަމާ ނުވަތަ މި ހަފުތާއި ކުރިއަށް ގެންދާނެކަމަށް ބެލެވެއެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން 21 ޖުލައި 2025 ގައި ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.