ހއ. އުތީމު ފެނަކަ ބްރާންޗުގެ 2025 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި އުތީމު ކައުންސިލުން ހަދިޔާކޮށްފައިވާ އެކްޓިވިޓީ ޔުނީފޯމު އެ ބްރާންޗާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ ދަށުން އުތީމު ކައުންސިލުން ވަނީ އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް އެކްޓިވިޓީ ޔުނީފޯމު ހަވާލުކޮށްފައެވެ.

Ad
rt

އުތީމު ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު "ތިލަދުން" އަށް ވިދާޅުވެފައިވަނީ މި މަސައްކަތަކީ އުތީމު ކައުންްސިލުގެ ފަރާތުން އުތީމު ފެނަކަ ބްރާންޗުގެ ހުރިހާ މުވައްޒަފުންނަށް އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށެވެ.

އެގޮތުން އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ 40 އަކަށް މުވައްޒަފުންނަށް އެކްޓިވިޓީ ޔުނީފޯމު ހަދިޔާކޮށްދެވިފައިވާކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.

އުތީމު ކައުންސިލުގެ ރައީސް އިތުރަށް ވިދާޅުވެފައިވަނީ އުތީމު ފެނަކަ ބްރާންޗުގެ މުވައްޒަފުންނަކީ އެ ރަށު ކައުންސިލާއި ނުހަނު ގުޅިގެން މަސައްކަތްކުރާ މުއައްސަސާއެއް ކަމަށާއި، ރަށުތެރޭގައި މަގު ބައްތި ފަދަ އެއްޗެހި ހަރުކުރުމަށް ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާފައިވާކަމަށް ފާހަގަކުރަމުން، މި މަސައްކަތަކީ ފެނަކަ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށް ރައީސް ބުނެފައިވެއެވެ.

އުތީމު ކައުންސިލުން ދަނީ އެ ރަށު އޮފީސް މުއައްސަސާތަކަށް ކައުންސިލުގެ ފެންވަރުން އެހީތެރިވެދެމުން، ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް އެންމެން އެކުގައި ގުޅިގެން ކުރެވެން ހުރި މަސައްކަތްތައް ކުރަމުން ކަމަށް ފާހަގަކޮށްލެވެއެވެ.