ރާއްޖެގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ރަނގަޅު ކުންފުނިތަކަށް ވިޔަފާރީގެ ދާއިރާއިން ދޭ "ގޯލްޑް 100"ގެ ގޯލްޑް ޕާޓްނަރުކަމަށާއި، ބިޒްނަސް އެކްސްޕޯ 2020ގެ ޕާޓުނަރަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމުގައި އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިފާއު އަލީ އެވެ. އޯކާ މީޑިއާ ގްރޫޕްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރު އެވެ.

Ad
rt

އޯކާ މީޑިއާ އަދި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން ދެމުން އަންނަ ގޯލްޑް 100 އެވޯޑަކީ ވިޔަފާރީގެ ދާއިރާގައި ހަރަލާތްތެރިވާ އެންމެ ރަނގަޅު ކުންފުނިތައް ބަލައި އެ ކުންފުނިތަކަށް ދެވޭ އެވޯޑެކެވެ.

އެގޮތުން މި ދާއިރާގައި ހަރަކާތްތެރިވާ އެންމެ ރަނގަޅު 100 ކުންފުނި ބަލައި، އެ ކުންފުނިތަކަށް އެވޯޑް ދެއެވެ. އަދި އޭގެތެރެއިން ދެ ފަރާތަކަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދެވެމުން އަންނަ މިއަހަރުގެ އެވޯޑް ހަފްލާ ބެއްވުމަށް ހަމަޖައްސާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުގެރޭ ދަރުބާރުގޭގަ އެވެ.

ބިޒްނަސް އެކްސްޕޯ 2020 ކުރިއަށް ދާނީ ފެބުރުއަރީ 23 އިން 24 އަށް ދަރުބާރުގޭގައެވެ.