ހއ. ދިއްދޫގައި ޤާއިމްކުރާ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
އެގޮތުން މި މަޝްރޫޢު ހިންގުމަށްޓަކައި ދިއްދޫ ކައުންސިލާއި މަސައްކަތް ހަވާލުކުރެވުނު ކުންފުނި ކަމަށްވާ ޓެކް ކުންފުންޏާއި ދެމެދު ވަނީ މި ހަފްތާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ދިއްދޫގައި ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ އެ ރަށު ބިން ހިއްކާފައިވާ ސަރަހްއްދުގައެވެ. އެގޮތުން އެ ސަރަހައްދު ބަލައި ކަންކަން ދިރާސާކުރުމަށްޓަކައި ޓެކް ކުންފުނީގެ ފަރާތަކާއި ކައުންސިލުން ވަނީ އެ ސަރަހައްދަށް ޒިޔާރާތްކޮށް މަޝްރޫޢު ކުރިއަށް ދާނެގޮތުގެ ކަންކަމާމެދު މަޝްވަރާކޮށްފައެވެ.
ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު 'ތިލަދުން' އަށް މައުލޫމާތުދީ ވިދާޅުވެފައިވަނީ މި މަޝްރޫޢުގެ އަގަކީ މުޅި ޖުމްލަ 1،508،192 ރުފިޔާކަމަށެވެ. އަދި މި މަސައްކަތް ހަވާލުކުރެވުނީ 80 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ތަރައްޤީކޮށް ނިންމުމަށް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ދިއްދޫ އަކީ ފުޓްބޯޅަ ކުޅުމަށް ޝައުޤާއި ހުނަރު ހުންނަ ޒުވާނުންތަކެއް ދިރިއުޅޭ ރަށެއްކަމުން މިފަދަ ފުޓްސަލް ދަނޑެއް ތަރައްޤީވުމުން ކުޅިވަރުގެ ރޫހު އާލާވެ ރަށުގެ ޒުވާނުންނަށް ދަނޑުން ފައިދާތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!