17 މެއި 2010 ގައި ޢަމަލުކުރަންފެށި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ހިޔަލުގައި ރާއްޖޭގެ ހިންގުމުގެ ނިޒާމު ލާމަރުކަޒީ ނިޒާމަށް ދީއްލައިލެވި، މިވޭތުވަމުންދާ 15 ވަނަރަކަށް އަހަރު ތެރޭ އެ ޤާނޫނުން ބާރު ލިބިގެން ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތައް އަންނަންނީ އުފެދި ހިންގަމުންނެވެ.
މި ކައުންސިލްތަކަށް ޤާނޫނުން ލިބިދީފައިވާ ބާރުގެ މިންވަރުގެ ބާރުގެ ބޭނުންކޮށްގެން ވެސް ކައުންސިލްތަކަށް އެދެވޭ ނަތީޖާއަކަށް މަސައްކަތް ނުކުރެވޭކަމުގެ ޝަކުވާ ރައްޔިތުންގެ އޮވެއެވެ. ނަމަވެސް ރާއްޖޭގައި ވަރަށް ކާމިޔާބުކަމާއެކު ބުރަ މަސައްކަތްކޮށް ނަތީޖާ ނެރެމުންދާ ކައުންސިލްތައް ހުރިކަން ފާހަގަކޮށްލަންޖެހެއެވެ.
އެތަނުން އެއް ކައުންސިލަކީ ށ. މިލަންދޫ ކައުންސިލެވެ. އެ ކައުންސިލްގެ މަސައްކަތުން ރަށުގެ ތަރައްގީއާއި އިޖުތިމާއީ ދުޅަހެޔޮކަމަށް ގިނަ ކަންތައްތަކެއް ހިންގަމުންދެއެވެ.
މިލަންދޫ ކައުންސިލްގެ ބުރަ މަސައްކަތްތަކުގެ ތެރެއިން ހުނި ޖަހާލެވޭ އެއްކަމަކީ އެރަށުގައި ތަރައްގީކޮށްފައިވާ ޒަމާނީ ފަންނުވެރިކަން ދައްކުވައިދޭ ރީތި "ސަރުދާރު މައިޒާން" އެވެ.
މިލަންދޫ ކައުންސިލުން ތަރައްގީކުރި ސަރުދާރު މައިޒާން ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށާފައި ވަނީ މިއަހަރުގެ ފިޠުރު ޢީދާ ދިމާކޮށް، މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެއީ ރަށު ކައުންސިލުން ރައްޔިތުންނަށް ދިން ޢީދު ހަދިޔާއެކެވެ.
މިލަންދޫ ސަރުދާރު މައިޒާން، ފޮޓޯ: މިލަންދޫ ކައުންސިލް
މީސް މީޑިއާގައި މިލަންދޫ ކައުންސިލްގެ މަސައްކަތްތަކަށް ތަޢުރީފް އޮހެމުން އަންނައިރު، މީސް މީޑިއާގައި މިލަންދޫ ސަރުދާރު މައިޒާނުގެ ފޮޓޯ ހިއްސާކުރަމުން މީހަކު ވަނީ އެ ކައުންސިލް ނަމޫނާ އަކަށް ބަލަންވީ ސަބަބު ބުނެދީފައެވެ.
''ފެންނަ ފެނުމަށް ސިންގަރޕޫރު ނުވަތަ ޑުބާއީ! މިއީ ދެހާސް ހަތްސަތޭކަ އެއްހާ މީހުން ދިރިއުޅެމުން އަންނަ ށ. މިލަންދޫގެ ހިތްގާމު މަންޒަރު. މަސައްކަތްތެރި ރައްޔިތުން ތަކެއް ދިރިއުޅެމުން އަންނަ މިރަށު ކައުންސިލުގެ ރައީސް ފިޔަވާ ދެންތިބި މެމްބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން.
ރައްޔިތުންނަށް ޚިދުމަތް ދިނުމާ ރަށުގެ ތަރައްގީއަށް ކުރާކޮންމެ ކަމެއްގަ ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާ މިރަށުން ފެނިގެންދަނީ.
ބޭކާރު ޚަރަދުނުކުރާނެ. ރައްޔިތުން ހޮވާ ކައުންސިލަރުން އެބަޖެހޭ މިލަންދޫ ކައުންސިލް ނަމޫނާއަކަށް ބަލަން'' އޭނާ ބުނެފަވެއެވެ.މިލަންދޫ ސަރުދާރު މައިޒާން، ފޮޓޯ: ފޮޓޯ މީ
މިލަންދޫ ވެސް ވަނީ މިއަހަރު އަޟްހާ އީދަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މިލަންދޫ ބޮޑު އީދަށް ތައްޔާރުވެފައިވާއިރު، ސަރުދާރު މައިދާނާއި އެތަނާއި ގުޅިފައިވާ ސަރަހައްދާއި މަގުތައް ކުލަތަކުން ޖަރީކޮށް ދިއްލާލާފައިވުމުން މިލަންދޫ ސިފަވެގެން އަންނަނީ އެންމެ ތަރައްގީގެ ޒަމާނީ ތަރައްގީގެ ސިޓީއެއްގެ ގޮތުގައެވެ.
މި ތައްޔާރީގެ ސަރުދާރު މައިޒާނުގައި ބޮކިފަތި ދިއްލާލާފައިވާއިރު، މިލަންދޫ ސިފަވެގެން އަންނަނީ އެންމެ ތަރައްގީގެ ޒަމާނީ ތަރައްގީގެ ސިޓީއެއްގެ ގޮތުގައެވެ.
މިލަންދޫ ދިއްލާލާފައި، ފޮޓޯ: ފޮޓޯ މީ
އާބާދީގެ ގޮތުން ބަލާއިރު ގާތްގަނޑަކަށް ދެހާސް ހަތްސަތޭކަ މީހުން އުޅޭ މިލަންދޫ އަކީ ލޭންޑް ޔޫސްޕްލޭން ވަރަށް ރަނގަޅަށް ހަދާފައިވާ ރަށެކެވެ. އެ ޕްލޭންގައި ރަށުގެ ރީތިކަން ގެނެސްދީ ރައްޔިތުން ހިތްފަސޭހަކޮށްލަން ތިބެން ތަންތަން ހެދުން އިސްކަންދީފަވެއެވެ.
މިލަންދޫ ދިއްލާލާފައި، ފޮޓޯ: ފޮޓޯ މީ
މިލަންދޫ އީދަށް ތައްޔާރުވެފައިވާއިރު އެރަށުގެ ޢީދު ފޯރިވެސް ވަރަށް ގަދަވާނެއެވެ. އެރަށުގައި ޢީދަށް ތައްޔާރުވެފައިވާ ހަރަކާތްތަކުގެ ތެރޭގައި ޢީދު ހުޅު ރޯކުރުމާއި، ކޯޑި ނެރުމާއި، މާލި ނެށުމާއި، ހަވާ އެރުވުމާއި، ވާ ދެމުމާއި، ޓްރެޒަރ ހަންޓް، ބޮޑު މަސް ދުއްވުމާއި، މަސް ބޭނުމާއި، މަސް ރޭސް، ދަފިނެގުން، ރޮބޯ މޭން، ރައްޔިތުން ޖާފަތް، ބީޗް ކުޅިވަރުތައް، ޢާއިލީ ކުޅިވަރުތައް އަދި ހޭންޑް ބޯލްއާއި ފުޓްސަލް މުބާރާތްތައް ފަދަ ކުޅިވަރުތައް ވަނީ ރާވާފައެވެ.
މިލަންދޫގެ އިތުރުން އުތުރުގެ ގިނަ ރަށްތައް ވަނީ ވަރަށް ބޮޑަށް ޢީދަށް ތައްޔާރުވެފައެވެ. އަދި އެހާމެ ފޯރި ވެސް ގަދަވާނެއެވެ.
މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ 6 ޖޫން 2025 ވާ ހުކުރު ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!