ސްވައިން ފްލޫ 2009

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރުނު އެޗްވަން އެންވަން ވައިރަސްގެ ސަބަބުން ދެލައްކައަށްވުރެ ގިނަމީހުން ވަނީ މަރުވެފައެވެ. މިބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށް މިވައިރަސްއަށް ޚާއްސަކޮށް ވެކްސިންއެއްވެސް ވަނީ ތައްޔާރުކޮށްފައެވެ.

Ad
rt

ޕޯލިއޯ 2014

2012 ވަނަ އަހަރާއި ހަމައަށް މިބައްޔަކީ އެއްކޮށް ނައްތާލެވިފައިވާ ބައްޔަކަށްވީނަމަވެސް 2013 ވަނަ އަހަރު މިބަލި ފެންނަ ޢަދަދު އިތުރުވެގެންދިޔައެވެ. ޕޯލިއޯ އެއްކޮށް ނައްތާލުމަށް ދުނިޔޭގެ ހުރިހާ ގައުމަކުން ކޮށްފައިވާ މަސައްކަތް ކާމިޔާބުވުމާއި ގާތްވެފައި ވަނިކޮށް މިބަލި އަލުން ފެތުރެން ފަށާފާނެތީ ކުއްލި ނުރައްކަލުގެ ހާލަތުވަނީ އިއުލާން ކޮށްފައެވެ.

ޒިކާ 2016

ޢެމެރިކާގެ އެކި ކަންކޮޅުތަކުގައި ޒިކާވައިރަސް ހަލުވިކަމާއިއެކު ފެތުރެންފެށުމުން ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ވަނީ ކުއްލިނުރައްކަލުގެ ހާލަތު ޢިއުލާންކޮށްފައެވެ. މިވައިރަސް ގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަ މަދުނަމަވެސް މިބައްޔަކީ މާބަނޑު މީހުނަށްޖެހިއްޖެނަމަ ނުރައްކާތެރި ބައްޔަކަށްވާތީ ކުއްލިނުރައްްކަލުގެ ހާލަތު ޢިއުލާންކުރީ އަވަހަށް މިވައިރަސް ދިރާސާކުރުމަށެވެ.

އެބޯލާ 2014 -2019

މިނުރައްކާތެރި ވައިރަސްގެ ސަަބަބުން ދެފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވުނެވެ. އުތުރު އެފްރިކާއިން ގާތްގަނޑަކަށް ތިރީސްހާސް މީހުނަށް މިވައިރަސްޖެހި އެގާރަ ހާހަަށްވުރެ ގިނަމީހުން މަރުވެފާވާއިރު ފުރަތަމަ މިވައިރަސްގެ ސަބަބުން ކުއްލިނުރައްކަލުގެ ހާލަތު ޢިއުލާން ކުރެވުނީ އޯގަސްޓް 2014 އިން މާރޗް 2016 އަށެވެ.

މިވައިރަސްގެ ނުރައްކާތެެރިކަމާއި، ބަލި ފެތުރެމުންދިޔަގޮތާއި، ފަރުވާދެވޭން ހުރި މިންގަނޑުތަކަށް ރިއާއަތްކޮށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ވަނީ 2018 ވަނަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު ދެވަނަފަހަރަށް އިއުލާން ކޮށްފައެވެ.

ވައިރަހަކަށް ފަހު ވައިރަހެއް! މިހާރު ނޮވެލް ކޮރޯނާ ވައިރަސް

މިހާރު ފެތުރެމުން މިދަނީ ނޮވެލް ކޮރޯނާ ގެނަމުން ނަންދެވިފައިވާ ނުރައްކާތެރި ވައިރަސްެއެކެވެ. ޗައިނާގެ ވުހާން އިން ފެނިފައިވާ މިބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި ފައިވާއިރު ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން، ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސައިންޓިސްޓުންނާއި އެކު މިވައިރަސް އަށް ވެކްސިންްއެއް ހޯދަން މަސައްކަތް ކުރަމުންއަންނަ ކަމުގައި ބުނެފައެވެ.