ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން އިއްޔެ ބޭއްވި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ވައިކަރަދޫ ޕޮލިސް ފޯސްޓާއި އެ ރަށު ސިއްހީ މަރުކަޒާއި ގުޅިގެންނެވެ.

Ad
rt

މި ހަރަކާތްތަކުގައި ސިއްހީ މަރުކަޒުގެ 25 މުވައްޒަފުން ބައިވެރިވެފައިވާއިރު މައިގަނޑު ގޮތެއްގައި ލީޑަރުންގެ ދައުރާއި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ފަދަ ހަރަކާތްތަކެއް އެކުލެވިގެންދިޔައެވެ.

ސިއްހީ މަރުކަޒުން ބައިވެރިވި ފަރާތްތަކުން ފާހަގަ ކުރިގޮތުގައި މި ހަރަކާތްތަކުގެ ސަބަބުން މުވައްޒަފުންގެ މެދުގައި އިތުރަށް ގުޅުންބަދަހިވެ އެއް އަމާޒަކަށް މަސައްކަތްކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔަކަމަށެވެ.

އަދި މި ހަރަކާތްތައް މިހާ ފުރިހަމަކޮށް ނިންމާލެވުނީ މުވައްޒަފުންގެ އެއްބާރުލުމާއި ވަރަށް ބޮޑު ތަރުހީބެއް ލިބިގެންކަމަށް މި ހަރަކާތަތްކުގެ ހޯސްޓުން ފާހަގަކޮށް ތަރުހީބުދީފައިވެއެވެ.