ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް ބަހާތަކުގެ އިސް މަގާމުތަކަށް މިއަދު ބަދަލު ގެނެސްފިއެވެ.

މި ބަދަލުތަކުގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ނުވަ ބަހާއެއްގެ އިސްވެރިންގެ މަގާމުތަކަށް އައު އޮފިސަރުން ވަނީ ކަނޑައަޅާފައެވެ. މިގޮތުން ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި، މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ބަހާތަކުގެ ތެރޭގައި އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް، ޑްރަގް އެންފޯސްމަންޓް، ގޭންގް ކްރައިމް އެންފޯސްމަންޓް، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް، ތިލަމާލެ ޕޮލިސް، ޓްރެފިކް ޕޮލިސް، ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް، ކަސްޓޯޑިއަލް ސްޓޭންޑަރޑްސް އެންޑް ޑިވޮލަޕްމަންޓް އަދި ޕްރޮޓެކްޓިވް ސެކިއުރިޓީ ހިމެނެއެވެ.

Ad
rt

މި ބަދަލުތަކާ ގުޅިގެން، ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު އައްޔަންކުރައްވާފައިވާއިރު، ހެޑް އޮފް ޑްރަގް އެންފޯސްމަންޓްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޞަބާޙް، ހެޑް އޮފް ކައުންޓަރ ނާކޮޓީކްސް އޮޕަރޭޝަންސްގެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙު މުޙައްމަދު ވަނީ އައްޔަންކުރައްވާފައެވެ.

މީގެ އިތުރުން، ހެޑް އޮފް ތިލަމާލެ ޕޮލިސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު، ހެޑް އޮފް ޓްރެފިކް ޕޮލިސްގެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޢިމްރާން، އަދި ހެޑް އޮޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްޙާޤު އާދަމްފުޅު ވަނީ އައްޔަންކުރައްވާފައެވެ.

ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑަރޑްސް އެންޑް ޑިވޮލަޕްމަންޓްގެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަހީމް އަދި ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީގެ މަގާމަށް ކަނޑައަޅުއްވާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން އެވެ.