މިދިޔަ އާދީއްތަ ދުވަހު މާލޭގެ ކެފޭއެއްގެ ބިއްލޫރި ރެކެއް ތަޅާލި މައްސަލާގައި ހިމެނޭ މީހާ މިއަދު ހައްޔަރުކޮށްފިއެވެ.

އާދީއްތަ ދުވަހު ފުލުހުން ބުނިގޮތުގައި މާލޭގެ ކެފޭއެއްގެ ބިއްލޫ ރެކެއް ތަޅާލި މައްސަލައެއް އެދުވަހުގެ ހެނދުނު 8:56 ގައި އެ އިދާރާއަށް ރިޕޯޓްކޮށްފައިވެއެވެ.

Ad
rt

އެ މައްސަލާގައު ތުހުމަތުކުރެވޭ 49 އަހަރުގެ މުޙައްމަދު ރަޒީން (މ. ސްޓާރ / ކ. މާލެ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ.

މިއަދު ހެނދުނު ކޯޓަށް ހާޒިރުކުރެވުނު ރަޒީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވުނު އަޑުއެހުމުގައި، ފަނޑިޔާރު ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި ހާދިސާގެ ސީސީޓީވީ ފުޓޭޖުން ފެންނަނީ މާފަންނު ޑަންކް ފިހާރަ ކުރިމައްޗަށްވާހެން ހުންނަ ''އައިސް ބްރޭކް'' ކެފޭ އަށް މީހަކު ވަދެ، ބިއްލޫ ރެކު ކައިރީ ހުއްޓެހުރުމަށްފަހު ކުއްލިއަކަށް ފައިންޖަހައި އެ ރެކް ތަޅާލާ މަންޒަރެވެ.

މި ވީޑިއޯއިން ފެންނަނީ މަސްތުގެ ހާލުގައި ހުރެ މީހުންނާއި ފޮށި އުނދަގޫކުރަމުން އަންނަ ކަމަށް މީހުން ބުނެއުޅޭ މީހެކެވެ.

މީނާ ވަނީ އައިޖީއެމްއެޗް ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި މައްސަލާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހައްޔަރުވެސް ކޮށްފައެވެ. މި މައްސަލާގައި އޭނާގެ ބަންދަން ފަސް ދުވަސް ފުރަތަމަ ކޯޓުން ދިން ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.