ށ އަތޮޅުގެ ރަށްތައް ހިމެނޭހެން ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ފުލުހުން ގާއިމުވެތިބި ރަށްރަށުގައި މޭވާ ގަސް އިންދުމުުގެ ހަރަކާތްތަކެއް ފަށައިފިއެވެ.
ފުލުހުން ދިވާޅުވި ގޮތުގައި އަޕަރ ނޯތު ޕޮލިސް ގެ ހުރިހާ ރަށެއްގައި ވަރަށް ފުރިހަމަ އަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ކޮމަންޑޫ އާއި ފޯކައިދޫގެ އިތުރުން ފޭދޫ ގައިވެސް މި ހަރަކާތް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ހަރަކާތުގައި ބައިވެރިވުމުުގެ ގޮތުން އެ ރަށެއްގައި މަސައްކަތްކުރާ ފުލުހުންނާއި ސިވިލް މުވައްޒަފުން ވަނީ ނުކުމެ ގަސް އިންދާފައެވެ.
މި ހަރަކާތުގައި އާންމު ގޮތެއްގައި އިންދާފައިވަނީ ކެޔޮ ގަހާއި އަނބު ގަހެވެ.
ފުލުހުންގެ ހިދުމަތުގެ އަހަރީ ދުވަހަކީ މާރޗު 29 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގަސް އިންދުމުގެ ހަރަކާތް ފިޔަވައި، ލޭ ހަދިޔާ ކުރުމުުގެ ކެމްޕެއިނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!