ކެރީބިއަން ސަރަޙައްދަށް 7.7 ގެ ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފިއެވެ.

ސުނާމީގެ އިންޒާރު ދީފައިވަނީ، ޖަމައިކާ، ކިއުބާ އަދި ކިއިމެން އައިލޭންޑްސް އަށެވެ. މިބިންހެލުމުގެ ލޮޅުން، ހެއިޓީ، ހޮންޑުރާސް، ކިއުބާ، ކިއިމެން އައިލޭންޑްސް އަށް އައިސްފައިވެއެވެ. އަދި ބިންލެމާއި ގުޅިގެން 6 ޤައުމަކަށްވަނީ ސުނާމީގެ އިންޒާރު ދީފައެވެ.

Ad
rt

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ފަހުން ވަނީ ބިންހެލުން އައިސްފައިވަނީ ޖަމައިކާގެ ދެކުނު އައްސޭރިއަށް ކަމަށް ހާމަކޮށްފައެވެ. އަދި ޔޫއެސް ސުނާމީ ވާނިން ސެންޓަރ އިންވަނީ ބިންހެލުމާއެކު ސުނާމީގެ އިންޒާރެއް ނެރެފައެވެ.

މި ބިންހެލުމަކީ މިދިޔަ މެއި މަހުގެ ތެރޭގައި ޕެރޫއަށް އައި 8.0 މެގްނިޓިއުޑުގެ ބިންހެލުމަށްފަހު މިހާތަނަށް އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ޕެރޫއަށް އައި ބިންހެލުމުގައި ދެ މީހުން ވަނީ މަރުވެފައެވެ